ކަރީނާގެ މި ދަބަހުގެ އަގަކީ 13 ލައްކަ!
Share
ބޮލީވުޑު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާނު އޭނާގެ ފިރިމީހާ ސައިފު އަލީ ހާނު އަދި އެދެމީހުންގެ ދަރިފުޅު ތައިމުރު އަލީ ހާނު ވަނީ ދާދި ފަހުން ޗުއްޓީ ހޭދަކުރަމަށް ލަންޑަނަށް ގޮސްފައެވެ.
Advertisement
ބޮލީވުޑު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާނު އޭނާގެ ފިރިމީހާ ސައިފު އަލީ ހާނު އަދި އެދެމީހުންގެ ދަރިފުޅު ތައިމުރު އަލީ ހާނު ވަނީ ދާދި ފަހުން ޗުއްޓީ ހޭދަކުރަމަށް ލަންޑަނަށް ގޮސްފައެވެ.

ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އޭނާ މުމްބާއީއަށް އައިއިރު އެއާޕޯޓު ތެރެއިން ގިނަ ބައެއްގެ ލޯތަށް އަމާޒުވީ ކަރީނާގެ އަތުގައި އޮތް އަތް ދަބަހަށެވެ. 13 ލައްކަ ރުޕީސްގެ އަގުހުރި އެއަތް ދަބަހަކީ ހާމެސް ބިރްކިން ބްރޭންޑުގެ ދަބަހެކެވެ.


ކަރީނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ގުޑް ނިއުސް" އިންނެވެ. އެފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ތަހުތު" އިންނެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ކަރީނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހީރޯއިން" އާއި "ޖަބް ވީ މެޓް" އާއި "3 އީޑިއަޓްސް" އާއި "ޑޯން" އަދި "ރާވަން" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް

Warning: Invalid argument supplied for foreach() in /home/forge/new.cnm.mv/public/view.php on line 272