ads
އާމިރު ހާން--
އާމިރުހާން ތިންވަނަ ކައިވެންޏެއް ކުރަނީ
ބޮލީވުޑްގައި އެފަދަ ދެވަނައެއް ނެތް މޮޅު އެކްޓަރު އާމިރު ހާން އަދި އޭނާގެ އަންހެނުން ކިރަން ރާއޮ ވަނީ މިދިޔަ ޖުލައި މަހުގެތެރޭގައި ކައިވެނި ރޫޅުނުކަން އިއުލާނުކޮށްފަ އެވެ.

އެއާއެކު އާމިރުގެ ފޭނުންނަށް ލިބުނީ ކުއްލި ޝޮކެކެވެ. 2005 ވަނަ އަހަރު ކައިވެނިކުރި އާމިރު އާ ކިރަން ވަނީ މިދިޔަ ޖުލައި މަހު އެކަން އިއުލާންކޮށް ޖޮއިންޓް ސްޓޭޓްމަންޓެއް ނެެރިފައެވެ. ސްޓޭޓްމަންޓްގައި ބުނީ އެ ފިޔަވަޅަކީ ދެމީހުންގެ ގުޅުމަށް ގިނަ ދުވަސްތަކެއް ވަންދެން ބެލުމަށްފަހު އެޅި ފިޔަވަޅެއް ކަމަށެވެ. 

ވަކިވި ނިމަވެސް ދަރިފުޅު އަޒާންގެ މައިންބަފައިންގެ ގޮތުގައި އަބަދުވެސް ތިބޭނެ ކަމަށާއި ރަހުމަތްތެރިކަމުގެ ގުޅުން އަބަދުވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި އެކުގައި ހޭދަކުރި 15 އަހަރަކީ އުފާވެރި އަހަރުތަކެއް ކަމަށާއި މުޅި ދިރިއުޅުން އެކީ ހިއްސާ ކުރެވުނު ކަމަށް ބުނެފައިވެއެވެ.

ދެމީހުންގެ ގުޅުމަކީ ލޯތްބާއި އިހުތިރާމާއި އިރުބާރުގެ މައްޗަށް ބިނާވެފަ އޮތް ގުޅުމެއް ކަމަށާއި މިހާރު ބޭނުން ވަނީ ދިރިއުޅުމުގެ އާ ޗެޕްޓާއެއް ފަށަން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ދެމަފިރިން ގޮތުގައި ނޫން ކަމަށާއި ނަމަވެސް މައިންބަފައިންގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަކިވާން ޕްލޭންކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ވަކިވި ނަމަވެސް ފިލްމީ މަސައްކަތްތަކާއި ޕާނީ ފައުންޑޭޝަންގެ މަސައްކަތް އެކީ ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ. 

އާމިރު ވަނީ މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާ އެވެ. މިހާރު ބޮލީވުޑް ހަބަރުތައް ބުނާގޮތުން އޭނާ ދަނީ ވަރަށް އަވަހަށް ތިންވަނަ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. 

ހަބަރުތައް ބުނާގޮތުން އާމިރު ހާނާއި ކަރީނާ ކަޕޫރު ލީޑު ރޯލުކުޅެފައިވާ "ލާލް ސިންގް ޗައްޑާ" ރިލީޒްކުރުމަށްފަހު އާމިރު ތިންވަނަ ކައިވެންޏެއް ކުރާނެއެވެ. ނަމަވެސް އާމިރުގެ ފަރާތުން އެކަން އަދި ކަށަވަރުކޮށެއް ނުދެއެވެ. އޭނާ އެވާހަކަ އަދި ހާމަކޮށްފައި ނުވަނީ އޭނާގެ ފިލުމަށް އެކަމުގެ އަސަރުކޮށްފާނެތީ ކަމަށް ހަބަރުތައް ބުނެއެވެ. 

ހަބަރުތައް ބުނާގޮތުން އޭނާ ތިންވަނަ ކައިވެންޏެއް ކުރަނީ އޭނާއާއިއެކު ކުރީގައި މަަސައްކަތް ކުރި ކޯ ސްޓާއަކާއިއެވެ. ހަބަރުތައް ބުނާގޮތުން އެއީ އެކްޓްރެސް ފަތިމާ ސަނާ ހާން އެެވެ. 

"ލާލް ސިންގް ޗައްޑާ" = ފިލްމަކީ އެކި ފަހަރު މަތިން ރިލީޒްކުރަން ހަމަޖައްސާ ތާރީހުތަކަށް ބަދަލު ގެންނަމުންދާ ފިލްމެކެވެ. އެގޮތުން  އަންނަ މަހު ފަހުކޮޅު ފިލްމު އަޅުވަން ވެސް ނިންމިއެވެ. އަނެއްކާ ވެސް އަޑުތައް އިވެން ފެށީ އަންނަ އަހަރު ފެބްރުއަރީ މަހު ފިލްމު ރިލީޒްކުރާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބު ތަކަކާއި ހުރެ ފިލްމު އެޅުވުން ލަސްކުރީ އެވެ.

މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އެޕްރިލް މަހު ފިލްމު ރިލީޒްކުރާށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް