ads
އަކްރަމް މާޒިޔާއަށް ސޮއިކުރުމަށް ފަހު
ދިހަ އަހަރު ފަހުން އަކޫ އަލުން މާޒިޔާއަށް
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އަކްރަމް އަބްދުލްޣަނީ މާޒިޔާއަށް ސޮއިކޮށްފިއެވެ. މާޒިޔާއަށް އަކްރަމް ސޮއިކޮށްފައިވަނީ މިއަދުއެވެ.

އަކްރަމް އެންމެ ފަހުން ކުޅުނީ ކްލަބު އީގަލްސްއަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައެވެ. އޭނގެ ކުރިން ވެލެންސިޔާގައި ހުރި އަކްރަމަކީ ރާއްޖޭގެ ހުރިހާ ކުލަބަކަށްހެން ކުޅެފައިވާ ކާމިޔާބު، އަދި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް މުހައްމަދު ސިޔާޒް، މޯހަންގެ އިރުޝާދުގެ ދަށުން މާޒިޔާއިން ޕްރެކްޓިސް ކުރަމުން އަންނައިރު، އަކްރަމަކީ މާޒިޔާއާ އަންނަ ސީޒަނަސް ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. މާޒިޔާއިން ފުރަތަމަ ސޮއި ހޯދީ، ނޭޕާލުގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރު ކިރަން ލިމްބޫގެ ސޮއެވެ. ކިރަމްއަކީ ކުރިން އަކްރަމާ އެކު ޓީސީއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އަކްރަމް އަލުން އެނބުރި މާޒިޔާއަށް މިއައީ ދިހަ އަހަރަށް ފަހުއެވެ. ދެހާސް އެގާރަވަނަ އަހަރުވެސް އަކްރަމް ކުޅުނީ މާޒިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް