ads
ފޮޓޯ: ސައްލީ/ ޓްވިޓާ
ރިސޯޓްތަކުން ކަނޑަށް ކުނި އެޅޭ ގޮތަށް އޮތް ގަވާއިދު އިސްލާހުކޮށްފި
ރާއްޖޭގެ ރިސޯޓްތަކުން ކަނޑަށް ކުނި އެޅޭ ގޮތަށް އޮތް ގަވާއިދު އިސްލާހުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ނަމަ ރިސޯޓެއްގެ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި، ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ބަޔޮޑިގްރޭޑަބަލް ތަކެތި ކަނޑަށް އުކާލެވިދާނެ އެވެ. އަދި އެތަކެތި އުކާލަން ވަނީ އަމިއްލައަށް ފަނާވެނެތިދާ ފަަދަ ކުނި އަތޮޅުން ބޭރަށް އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށެވެ.

ހޯމަ ދުވަހު ސަރުކާރުން ގެޒެޓް ކުރި އިއުލާންގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައީދުގެ 5.3.3 ވަނަ މާއްދާ އުނިކޮށް އިސްލާހް ގެނެސްފައިވާ ކަމަށެވެ. 

އެހެންކަމުން އެ ގަވާއީދު އިސްލާހްކޮށް ގެޒެޓްކުރެވޭ ދުވަހުން ފެށިގެން ކަނޑަށް ކުނިއެޅުން މަނާވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހް ގެނެސްފައި މިވަނީ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދެފުށްދެގޮތް ކަމަށް ބުނެ މީހުން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް