ads
މާޒިޔާގެ ދާދު ކެނދިކުޅުދޫގައި
މާޒިޔާގެ ޕްރީސީޒަން ކޭމްޕް ކެނދިކުޅުދޫގައި
މާޒިޔާ ސްޕޯޓްސްއިން އަންނަ ސީޒަނަށް ތައްޔާރުވާން ނ. އަތޮޅު ކެނދިކުޅުދޫގައި ކޭމްޕްކޮށްފިއެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕުންވެސް ފުރުސަތު ހޯދާފައިވާ މާޒިޔާއިން މިއަދުން ފެށިގެން ދިހަ ދުވަހުގެ ކޭމްޕަކަށް ނ. އަތޮޅު ކެނދިކުޅުދޫއަށް މިއަދުވަނީ ގޮސްފައެވެ. މާޒިޔާއާ އެކު ޓީމާ އަލަށް ގުޅުނު ނޭޕާލުގެ ކީޕަރު ކިރަން އަދި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމްވެސް ބައިވެރިވިއެވެ. މި ކޭމްޕުގައި މާޒިޔާ ޓީމު ލީޑުކުރާނީ ދާދި ފަހުން އެ ޓީމާ ހަވާލުވި މޯހަން ކޯޗެވެ.

މާޒިޔާއިން ނ. އަތޮޅުގައި ކޭމްޕްކޮށްފައިވާއިރު އެހެން ކްލަބަކުން އަދި އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް ނުފަށައެވެ. އާ ސީޒަން ފެށޭނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް