ads
ދިވެހިންތަކެއް އުމްރާއަށް ފުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އުމުރާއަށް ދާ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ހާއްސަ ޕެކޭޖްތަކެއް!
ކުރިއަށް އޮތް ޑިސެމްބަރު މަހު އުމުރާއަށް ދާ މީހުންނަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހާއްސަ ޕެކޭޖްތަކެއް ހުޅުވާލައިފި އެވެ.

އުމުރާގެ 15 ދުވަަހަށް ހާއްސަކޮށް އެ ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ މި ޕޭކޭޖްތަކުގެ ތެރޭގައި ހިމެނެނީ ބޭސިކް ޕެކޭޖް އަކާއި ޕްރިމިއަމް ޕެކޭޖެކެވެ. 

ބޭސިކް ޕެކޭޖް 30،965 ރުފިޔާއަށް:

  1. ޓިކެޓު
  2. އުމުރާ ވިސާ
  3. ސިއްހީ ހިދުމަތް ދިވެހި ޑޮކްޓަރުންނާއިއެކު
  4. މަދީނާ ދަތުރު
  5. ހުރުމާއި ކެއުން
  6. އުމްރާ ޓްރެއިނިން
  7. ޒިޔާރާތް ދަތުރު

ޕްރިމިއަމް ޕެކޭޖު 33،965 ރުފިޔާއަށް:

  1. ޓިކެޓު
  2. އުމުރާ ވިސާ
  3. ސިއްހީ ހިދުމަތް ދިވެހި ޑޮކްޓަރުންނާއިއެކު
  4. މަދީނާ ދަތުރު
  5. އުމްރާ ކިޓް
  6. ވެކްސިން
  7. ހުރުމާއި ކެއުން
  8. އުމްރާ ޓްރެއިނިން
  9. ޒިޔާރާތް ދަތުރު
  10. އިހްރާމް

މަތީ ފެންވަރުގެ ހޮޓަލުގެ އިންތިޒާމު ދިވެހި މީރު ކެއުންތަކާއިއެކު ލިބޭގޮތަށް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ 2 ޕެކޭޖްގެ ތެރެއިން ޕްރިމިއަމް ޕެކޭޖަށް ހާއްސަ ޑިސްކައުންޓަކާއިއެކު ދަތުރުގެ ބައިވެރިންނަށް، ހިޔާރު ކުރައްވާފައިވާ ޕެކޭޖްގެ ބޭރުންވެސް އިހްތިޔާރުކުރެވިދާނެ ކަންތައްތަކެއް ވަނީ ހިމަަނާފައެވެ. މިގޮތުން ޖިއްދާ ދަތުރާއި، ބާޒާރު ދަތުރުގެ އިތުރުން އިތުރު އުމްރާއެއްް ކުރުމުގެ ފުރުސަތުވެސް ލިބޭނެވެ.

މިޕެކޭޖްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ވެބްސައިޓުންނާއި އެ އެކުންފުނީގެ ނަންބަރު 3011000 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

 

93%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް