ބޮލުން ހަން ފޮޅުމަކީ އަންހެނުންނަށް ވެސް ފިރިހެނުންނަށް ވެސް ކުރިމަތިވާ ކަމެއް…
ބޮލުން ހަން ފޮޅި ހިރުވާތަ؟
Share
ބޮލުގައި ހަން ފޮޅޭތީ އަންހެނުން ވެސް ފިރިހެނުން ވެސް އުޅެއެވެ. ބައެއް މީހުންނަށް މި އުނދަގުލުން ސަލާމަތެއް ނުވެވެއެވެ. އަބަދު ތިބެނީ ހަން ފޮޅި ބޯ ހިރުވާވަރުން ކަހާލަ ކަހާލައެވެ.
Advertisement

މި މައްސަލަ އަށް ހައްލެއް ހޯދަން އެތައް ގޮތަކުން މަސައްކަތް ކޮށްފިން ދޯއެވެ. ފާޑު ފާޑު ޝޭންޕޫ ގަންނަ މީހުން ވެސް މަދެއް ނޫނެވެ. ޑޮކްޓަރަށް ދައްކައިގެން ވެސް ހައްލު ނުވެ އޮތް ބޮޑު ކަމެކެވެ.

ހަން ފޮޅިގެން ބޯ ހިރުވާ ކަހަންޏާ އަޅެ އިތުރު ގޮތެއް ފަރުވާ ތަކެއް ދޭން އުޅެބަލާށެވެ. ޝޭންޕޫ ނޫނަކަސް ހަމަ ރަނގަޅު ގޮތެއް ވެދާނެއެވެ.

އެޕަލް ސައިޑަ ވިނިގާ ވެސް ވަރަށް ސަޅި!

your imageއެޕަލް ސައިޑަ ވިނިގާ…

އެޕަލް ސައިޑަ ވިނިގާ އަކީ ވަރަށް ގިނަ ބަލި ތަކަށް ފަރުވާއެކެވެ. ބޮލުން ހަން ފޮޅޭ ނަމަ ބޮލުގައި ބޮލުގައި ލާ ފައިދާ ހުރި ތެލަކާއި އެކު މޭޒުމަތީ ސަމްސަލެއްގެ ވިނިގާ އެއްކޮށްފައި ބޮލުގައި ހާކާލަ ބަލާށެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. އެޕަލް ސައިޑަ ވިނިގާ އިން އިސްތަށިގަނޑުގެ ތާޒާކަން އިތުރުކޮށްދީ ދިގު ވެސް ކޮށްދެއެވެ.

ކާށި ތެޔޮ ވަރެއް ހަމަ ނެތް!

your imageކާށި ތެޔޮ..

ކާށި ތެޔޮ މިއީ އަހަރުމެން ވަރަށް ގިނައިން ބޭނުންކުރާ އެއްޗެެއް ދޯއެވެ. ހަގީގަތުގައި ވެސް މިއީ ބޮލުގައި ފޮޅޭ ހަންތައް ފިލުވައިދެން އެހީވެދޭ ތެލެކެވެ. ހަންގަޅު ކުރަކި ވުމުގެ ސަބަބުން ދިމާވާ މިފަދަ މައްސަލަ ތަކަށް ވެސް ކާށި ތެޔޮ ވަރެއް ނެތް ކަމަށް ދިރާސާ ތަކުން ވެސް ދައްކަ އެވެ.

ބޭކިން ސޮޑާ ގެ އަޖުމަ ބަލާލަމާ!

your imageބޭކިން ސޮޑާ..

ބޭކިން ސޮޑާ ދުވަހަކުވެސް ބޮލުގައި ފޮޅޭ ހަންތައް ފިލުވަން ބޭނުންކުރާ ކަމެއް ގިނަ ބަޔަކަށް އަސްލު ނޭންގެ އެވެ. އެހެން ނަމަވެސް ބޭކިން ސޮޑާ އަކީ ހަގީގަތުގައި ހަންފޮޅުމާއި ބޯ ހިރުވުމުން ދުރުކޮށްދޭ އެއްޗެކެވެ. އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް ބެހެއްޓުމަށްފަހު ބޭކިން ސޮޑާ ހާކާފައި ދެ މިނިޓް ވަރު ބަހައްޓާލަބާލާށެވެ. ދެން ފަހުން ޝޭންޕޫ ލާގެން ދޮވެލާނީއެވެ. 

މި ކަން ކަން އަޖުމަ ބަލާލާން އުޅެބަލާށެވެ. ފަހަރުގައި ހަމަ ދާއިމީ ހައްލެއް ވެސް ލިބި ދާނެ އެވެ. އެކަމަކު އަދި ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. ސްޓްރެސް ވުމާއި ދުރުގައި ހުރުން ވެސް ވަރަށް މުހިއްމު ކަމަށް ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް