ads
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުދެއްވަން ތައްޔާރު ވެލައްވަނީ
64 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ބަޖެޓް ފާސްކޮށްފި
ކުރިއަށް އޮތް 2022 ވަނައަހަރުގެ ސަރުކާރުގެ ބަޖެޓް 64 މެންބަރުންގެ ވޯޓާއެކު މިއަދު އޮތް ރައްޔިތުންގެ މަޖިލޫހުގެ ޖަލްސާއިން ފާސް ކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 73 މެންބަރުންނެވެ. އޭގެ ތެރެއިން ބަޖެޓް ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 64 މެންބަރުންނެވެ. 

ނުފެންނަކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. ވިކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ މެންބަރަކު ނެތެވެ. އަދި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަދަދަކީ 72 އެވެ. ފާސްވާ ބޭނުންވާ ވޯޓުގެ އަދަދަކީ 32 ވޯޓެވެ. 

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމާލެއްވީ ބަޖެޓް ފާސްވެއްޖެ ކަމަށް އިއުލާން ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް