ހިރިޔާ ސްކޫލްގެ ދަރިވަރުން
އޭލެވެލް އިމްތިހާން އޮކްޓޫބަރު/ނޮވެމްބަރުގައި
Share
ސްކޫލުތަކުން ހުށަހަޅާފައިވާ ގޮތަށް އޭލެވެލް އިމްތިހާނު އޮކްޓޫބަރު/ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
Advertisement

މިހާރު ހަމަޖެހިފައިވަނީ އޭލެވެލް އިމްތިހާނު މޭ ޖޫންގައި ހަދާގޮތަށެވެ. ނަމަވެސް އޮގަސްޓުގައި ދިރާސީ އަހަރު ފަށާފައި 15 ޖޫންގެ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގައި ދަތިތަކެއް މެދުވެރިވާކަމަށް ސްކޫލުތަކުންވަނީ ފާހަގަކޮށްފައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ވާގޮތުން އޭލެވެލް ހަދާ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއެކު އެކަމާގުޅޭ މަޝްވަރާތައްވަނީ ކުރެވިފައެވެ.
މި ޖޫންގައި އިމްތިހާނު ހަދާނަމަ ގައިޑެޑް ލަނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ ކަން ސްކޫލްތަކުން ފާހަގަކުރާކަަމަށް އެ ސާކިއުލާގައި ވެއެވެ.

އެހެންކަމުން ސްކޫލުތަކުން ހުށަހަޅާފައިވާ ގޮތަށް މިއަހަރުގެ އޭލެވެލް އިމްތިހާނު އަންނަ އޮކްޓޫބަރު/ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވާކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް