ads
ރައީސް ޔާމިން ހިންގަވާފައި އުޅުއްވާ މަންޒަރު ދައްކުވައިދޭ ފޯޓޯއެއް: ފައިލް ފޮޓޯ ދަ ހިންދޫ
ރައީސް ޔާމިން މައްސަލައިގައި ގޮތެއް ނިންމުން އަންގާރަ ދުވަހު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް ތާވަލު ކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ.

 އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް