ads
ގެމަނަފުއްޓަށް އެމްބިއުލާންސް ގެނެސްފައި——ފޮޓޯ: އަބްދުﷲ ޝިޔާން———
މި މަހު އިތުރު 20 އެމްބިއުލާންސް ގެންނަން ނިންމައިފި
އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ރަނގަޅު ފެންވަރުގައި ދިނުމަށް އިތުރު 20 އެމްބިއުލާންސް ގެންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީއާއި އެސްޓީއޯއާއި ދެމެދު ވެވުނު އެއްބްސްވުމުގެ ދަށުން 6 މަސް ދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ. މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. 

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް މި މަހު ގެނެވޭނެ ކަމަށް ހެލްތު މިނިސްޓްރީ ބުނެއެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. 

ޖަޕާނުގެ އެހީގައި އޮކްޓޫބަރު 2019 ގައި 25 އެމްބިއުލަންސް ރާއްޖެ ގެނައެވެ. އޭރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަވެފައިވާކަން ސަރުކާރުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި އަހަރުގެ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭ، ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލަންސް ހަމަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް