ads
ކޮވިޑް ސާމްޕަލް ނަގަނީ------
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 91،000އިން މަތި ވެއްޖެ
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 91،122އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 4،441 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ. 

މީގެ ތެރެއިން މިއަދު ޕޮޒިޓިވްވީ 76 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ ރަށްތަކުން 55 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 15 މީހުންނެވެ. އަދި  ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. 

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 91،122 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 89،029 ގައެވެ. އަދި މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 14 މީހަކަށެވެ.

މިހާތަނަށް ރާއްޖެއިން 248 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 1،832 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް