ads
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު --
"އެކުވެރި ސުވަދީބު ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައެއް ނުދިން
"އެކުވެރި ސުވަދީބު ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އީސީން ބުނީ އެ ހުއްދަ ނުދޭން ނިންމާފައިވަނީ ޕާޓީގެ ނަމަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާތީ އެއީ އެކަށީގެންވާ ނަމަކަށް ނުވާތީ ކަަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެކަމަށްވެސް އެގަވާއިދުގައި ވެއެވެ. 

"އެކުވެރި ސުވަދީބު ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު މުހައްމަދު ޔާސީން ކިޔާ މީހެކެވެ.

ސުވަދީބަކީ ދެކުނުގެ ތިން އަތޮޅެއްގައި ވަކި ދައުލަތެއް އުފައްދުމުގެ އޭރު ބޭނުންކުރި ނަމެވެ. ސުވަދީބު ޖުމްހޫރިއްޔާގެ މޭސްތިރި އަކީ އައްޑުއަތޮޅު ހިތަދު އަށް އުފަން އަލްމަރްޙޫމް އަބްދުﷲ އަފީފްދީދީ އެވެ. ވަކި ދައުލަތެއް އުފެއްދުމަށް މެދުވެރިވި ސަބަބަކީ 1958 ވަނަ އަހަރު ދެކުނުގެ އަތޮޅު ތަކުގައި ވަރަށް ބޮޑު ބަލިމަޑު ކަމެއް އުފެދި ދިވެހި ދައުލަތުގެ އެހީއަކަށް އެދުމުންވެސް އެކަމަށް އިންކާރު ކުރުމުން ކަމަށް ބުނެވެއެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ސިލޯނަށް އެކްސްޕޯޓް ކުރުމަށް ފޮނުވާ ހިކިމަހުން ލިބޭ މަންފާ އަށް ވެސް ދިވެހި ދައުލަތުން މަކަރު ހަދަން ފެށުން ވެގެން ދިޔައީ ވަކި ދައުލަތެއް ހެދުމަށް ދެކުނުގެ ރައްޔިތުން ނިންމި ސަބަބަަކަށް ކަމަށްވެއެވެ. 

ވަކި ދައުލަތެއް އުފެެއްދުމުން ބުނެވޭގޮތުން އޭރުގެ ރައީސް އިބްރާހިމް ނާސިރު ދެކުނުގެ އަތޮޅުތަކަށް ދަތުރު ކުރައްވާ ހަތިޔާރެއް ނެތް އާންމު ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވެއެވެ. އެގޮތުން ގދ. ތިނަދޫއަށް އަރައި އެރަށް ހަވަރަށް ދިން ކަމަށް ބުނެެވެއެވެ. އަދި މޫނަށް ކަނދުރާ އަކަށް ބެލުމެއްނެތި ކުޑަ ކުދިން ނާއި އަންހެނުން މަރާފައިވާއިރު ތިނަދޫގެ ބައެއް މީހުން ބުނާ ގޮތުގައި އަންހެން ކުދިން ރޭޕްކޮށް ފިރިހެނުނަށް ބޮޑެތި އަނިޔާތައް ދީގެން މަރާލިއެވެ. އޭގެ އިތުރުން ތިނަދޫ ތައްޔިތުންގެ ގެތައް ވެސް އަންދާލިއެވެ. 

އެއަށް ފަހު ފުވައްމުލަކަށް އަރަން މަސައްކަތް ކުރި ކަމަށް ބުނެވެއެވެ. ނަމަވެސް އެރަށުގެ އާދަޔާ ހިލާފު ވެށީގެ ސަބަބުން އެރޭ ގޮތް ނުވިކަމަށްވެއެވެ. ދެން އެއަށްފަހު އައްޑޫއަށް އަރައި އައްޑޫ ސުވަދީބުގެ ބޭންކް ލޫޓުވާލާ އޭރު އައްޑޫގައި ހިންގި ފެންވަރު ރަނގަޅު ހޮސްޕިޓަލާއި އިނގިރޭސީން ގަމުގައި ހެދި އެއާޕޯޓް ލޫޓުވާލައިގެން ޣަނީމާ މުދަލުގެ ގޮތުގައި މާލެ ގެނައި ކަމަށްވެސް ބުނެވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް