ads
އައިޖީ އެމް އެޗް
އައިޖީއެމްއެޗްގައި ބަހައްޓާފައި ހުރި ފަންޑް ފޮއްޓެއް ވަގަށް ނަގައިފި
އައިޖީއެމްއެޗްގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް މިއަދު ވަގަށް ނަގައިފިއެވެ.

"ހެލްތު ޓްރަސްޓް ފަންޑު" އަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗްގައި ބަހައްޓާފައޮވާ ފަންޑުފޮށި ވަގަށް ނަގައިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު އެގާރަ ޖަހާއެހާކަށްހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފަންޑު ފޮށީގައި ހުރި ފައިސާގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ ފަންޑުފޮށި ވަގަށް ނަގާފައިވާކަން އެނގުނީ މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ކަމަށެވެ. 

އެ ހޮސްޕިޓަލުގެ މައި ގޭޓުގެ ރިސެޕްޝަނާ ދިމާގައި ބަހައްޓާފައި ހުއްޓާ ގެއްލުނު ފަންޑް ފޮށި އަދި ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް