މިނިސްޓަރު ޝާހިދު އަދި ޗައިނާގެ ފޮރިން މިނިސްޓަރު
މިނިސްޓަރު ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި
Share
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ހާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލާ ވާން ޔީ އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
Advertisement

އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބޭއްވި މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އ.ދ ރިފޯމް ކުރުމާއި އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވާސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބައްދަލުކުރައްވައި ވަނީ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލު ކުރެއްވިއެވެ.

ޝާހިދު ވަނީ 2019 ވަނައަހަރު ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދަތުރު ކުރައްވައި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާފައެވެ. އަދި އެދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. 

ޝާހިދު ވަނީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދާދިފަހުން ރާއްޖެ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް