ads
ވުހާން ވައިރަސް ގައިން ގަޔަށް އަރާ
ޗައިނާ ވުހާން ސިޓީން ފެނިފައިވާ ވުހާން ވައިރަހަކީ އިންސާނުން ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ކަށަވަރުކޮށްދީފިއެވެ.

ވުހާން ވައިރަހަކީ އިންސާނުން ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެއްކަން ޗައިނާއިން ކަށަވަރުކޮށްދީފައިވާއިރު އެކަމުގައި ހަރަކާތްތެރިވި މެޑިކަލް އޮފިޝަރުން ވެސް އއެބަލި ޖެހިފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޖަޕާނާއި ތައިލެންޑު އަދި ސައުތު ކޮރެއާ ހިމެނެއެވެ.

ޗައިނާ ވުހާން ސިޓީން ފެނިފައިވާ ވުހާން ވައިރަސް ފެތުރިދާނެ ކަމަށް ބަލައި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު މިހާރު ވަނީ އަޅަން ފަށާފައެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވުހާން ވައިރަސް ރާއްޖެއިން ފެނުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. 

އެގޮތުން އެއާޕޯޓްތަކާއި ރާއްޖޭގެ މައި ބަނދަރުތައް ހިންގާ ފަރާތްތަކާ އެކު މިކަމުގެ މަޝްވަރާތައް އިއްޔެ އިން ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިއްހީ މާހިރުންގެ ބައްދަލުވުންތަކެއްވެސް މިކަމާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަޝްވަރާ ވެސް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ވުހާން ވައިރަސް އަކީ މުޅިން އަލަށް ފެނިގެން އުޅޭ ވައިރަހެއް ކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިވައިރަސް އަކީ އަރިދަފުސް ރޯގާ ޖެހުމުން ވާކަހަލަ ގޮތްތަކެއް އިހްސާސް ކުރަންޖެހޭ ވައިރަހެއް ކަމަށެވެ. 

ޗައިނާގައި ވުހާން ވައިރަސް ފެތުރެމުންދާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާ އެވެ

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް