ads
ހީނާ ބޮލީވުޑަށް ތައާރަފުވާ ފިލްމު
ޓީވީ ތަރި ހީނާ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޓްރައިލާ ނެރެފި އެވެ.

"ހެކްޑް" ގެ ނަން ދީފައިވާ މި ފިލްމުގެ ޓްރައިލާ އާންމުކުރީ އިއްޔެ އެވެ. ވިކްރަމް ބަޓްގެ މި ފިލްމުގެ ޓްރައިލާއިން ދައްކުވައިދެނީ ޓެކްނޮލިޖީގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމެވެ. 

ހީނާ ހާން ލީޑު ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރައިލާއަށް ބަލާއިރު ފެނިގެންދަނީ އުމުރުން ހަގު ކުއްޖަކު ހީނާއާ ހިތާވެ އޭނާ ހާސިލުކުރުމަށް ކުރާ ކަންތައްތަކެކެވެ. އެގޮތުން ހީނާގެ ހުރިހާ ސޯޝަލް އެކައުންޓްތައް ހެކްކޮށް އޭނާ މުޖުތަމައުގެ ތެރޭގައި ލަދުގަންނަވާލުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެންދެ އެވެ. 

އަދި އެކަންކަމުން އޭނާ ސަލާމަތްކުރާނީ ލޯބީގެ ގޮތުން ގުޅުމުން ކަމަށް މި ޒުވާނާ ބުނެ އެވެ.

އޭގެ އިތުރުން ވެސް އޭނާއަށް ލިބިފައިވާ ހުނަރެއްގެ ބޭނުންކޮށްގެން އިތުރު އަންހެން ކުދިން ވެސް ފަލީހަތް ކުރަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. 

މި ފިލްމުގައި ހީނާއާއެކު ފެނިގެންދަނީ ޓީވީ ތަރި ރޯހަން ޝާހެވެ. "އިތްނާ ކަރޯނާ މުޖޭ ޕިޔާރު" ފަދަ ޝޯތަކުން އޭނާ ފެނިފައިވެއެވެ. 

ޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

މިޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ މި ފިލްމުގައި މަސައްކަތް ކުރުމަށެވެ. 

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް