ads
މިނިސްޓަރު ނަހްލާ ފ. ނިލައްދޫއަށް ދަތުރުކުރައްވަނީ——
ޖޭޕީއަށް މެމްބަރުން އިތުރު ކުރުމަށް މިނިސްޓަރު ނަހުލާ ނިކުމެވަޑައިގެންފި
މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމްގެ ޕާޓީ، ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް މެމްބަރުން އިތުރުކުރުމަށް އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ނިކުމެވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުުރުތަކުގައި އެކަމަނާ ބައިވެރިވެޑައިގެން މިއަދު ވަނީ ފ. ނިލަންދޫއަށް ވަޑައިގެންފައެވެެ.

މިނިސްޓަރު ނަހްލާ ވިދާޅުވީ، ޖޭޕީގެ އަންހެން ކަނބަލުން އިސްނަގައިގެން އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށެވެ. އެ ދަތުރުތަކުގެ ސަބަބުން ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ. ސަބަބަކީ އަންހެނުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއް ކާމިޔާބު ވާނެކަމަށް އެކަމަނާ ގަބޫލުކުރާތީ ކަމަށެވެ. 

ނިލަންދޫއަށް ކުރެއްވި ދަތުރުފުޅާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހްލާ ވިދާޅުވީ، އެއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. 

" ނިލަންދޫގެ ރައްޔިތުންނަކީ ފެށުނީންސުރެ ހާއްސަކޮށް ވަކިކުލައެއް ނުކިޔަމާ، ގާސިމް އިބްރާހިމްދެކެ ލޯބިވާ ރައްޔިތުންތަކެއް ތިބި ރަށެއް. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މިނިސްޓަރު ނަހްލާ ވިދާޅުވިއެވެ

މި ދަތުރުން އެގުނު އެއްކަމަކީ ޖޭޕީގެ ދަތުރުތައް އެހެން ރަށްރަށަށްވެސް އިތުރު ކުރަންޖެހޭ ކަން ކަމަށް ނަހްލާ ވިދާޅުވިއެވެ. "ރަށު ދަތުރު" ނަމުގައި ޖޭޕީގެ އަންހެނުންގެ ފަރާތުން އިސްވެ އޮވެ ކުރާ މިދަތުރުތަކާއި ބެހޭގޮތުން ޖޭޕީން ބުނީ މި ދަތުރުގައި 15 މެމްބަރުން ބައިވެރިވާ ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ފަސް ފިރިހެން މެމްބަރުންކަމަށާއި، ދަތުރު ލީޑު ކުރައްވަނީ މިނިސްޓަރު ނަހްލާ ކަމަށެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް