ads
ރޭ ވެލިދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު---ފޮޓޯ:އާފަތިސް
ވެލިދޫ ކުނިކޮށީގައި ރޯވެއްޖެ
ނ. ވެލިދޫ ކުނިކޮށީގައި ރޯވެ ވަރަށްބޮޑަށް ކުނިކޮށި އަނދައިފިއެވެ.

ފުލުހުން ބުނީ ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 02:15 އެހާއިރު ކަމަށެވެ. އެގޮތުން އަލިފާން ނިންމުމަށް ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓުރޯލު ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. 

އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި އެނގިފައިނުވާއިރު އެހާދިސާގައި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް