ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ސީއެންއެމް
އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެ
މޫސުން ގޯސްވެ ރާއްޖެއަށް ކުރާ ވިއްސާރައިގައި 12 އަތޮޅަކަށް މިއަދު ވައިޓް އެލާޓެއް ނެރެފި އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ އުތުރުގެ ހއ. އަތޮޅުން ފެށިގެން މެދު އަތޮޅުތަކުގެ ވ. އަތޮޅާ ހަމައަށެވެ. އެ އަތޮޅުތަކަށް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 ޖެހުމާ ހަމައަށެވެ. 

އެލާޓް ނެރެފައިވާ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވާނެ ކަމާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް