ads
ބަންގްލަދޭޝް ދެމީހުން އަތުން ފެނުނު ބަނގުރާ---ފޮޓޯ:ފުލުހުން
ބަނގުރާ ފުޅިތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެއިން ބަނގުރާ ފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީވެސް ބަންގްލަދޭޝް ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުން ގެންގުޅުނު ދެ ދަބަހެއްގެ ތެރެއިން 20 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް