ads
ގްރީން ޓީ ތައްޓެއް…
ގްރީން ޓީ ބުއިން ހުއްޓާނުލާތި! ގިނަ ބަލިތަކަށް ހުރި ޝިފާއެއް!
ގްރީން ޓީ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ވެފައިވާ ޓީ އެކެވެ. މީގެ ފައިދާ އެނގެން ފެށުމާއެކު ގްރީން ޓީ ބޯ މީހުން އަހަރުމެންގެ ރާއްޖޭގައި ވެސް މަދެއް ނޫނެވެ.

ހަގީގަތުގައިވެސް މި ޓީ އަކީ ފައިދާ ހުރި އެއްޗެކެވެ. ތަފާތު ގިނަ ބަލިތަކުން ތިމާގެ ހަށިގަނޑު ސަލާމަތްކޮށްދޭ އެއްޗެކެވެ. ބައެއް ބަލިތަކަށް ހުރި ޝިފާ އެއްވެސް މެއެވެ.

ގްރީން ޓީ އަކީ ހިތުގެ ބަލިތަކަށް ވެސް ޝިފާއެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މި ޓީ ބޯ ނަމަ ހިތައް ދިމާވާ މައްސަލަ ތަކާއި ސްޓްރޯކް ޖެހުން ފަދަ ކަން ކަމުން ދުރުކޮށްދޭ އިރު ކޮލެސްޓްރޯލް މަތި ވުމުން ވެސް ދުރުކޮށްދެއެވެ.

މީގެ އިިތުރުން ބަރުދަން ލުއި ކުރުމަށް ވެސް ގްރީން ޓީ ވަރެއް ހަމަ ނެތެވެ. އަދި ހަށިގަނޑުން ސަރުބީ ވިރުވަން ބޭނުން ނަމަ ވެސް މި ޓީ ބޮވިދާނެ ކަމަށް ސިއްހީ މާހިރުން ވެސް ބުނެއެވެ.

ކެންސަރު ފަދަ ބަލިތަކަށް ވެސް ހުރި ޝިފާ އަކަށް ގްރީން ޓީ ވާކަމަށް ވެއެވެ. ބްރެސްޓް ކެންސަރާއި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުން ސަލާމަތްވާން ބޭނުން ނަމަ ގްރީން ޓީ ބޭނުން ކުރަން ފަށާށެވެ.

ގްރީން ޓީ އަކީ ހަކުރު ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވެސް ރަނގަޅު އެއްޗެކެވެ. ލޭގައި ހުންނަ ހަކުރު މަދުކޮށްދިނުމަށް ގްރީން ޓީ އެހީތެރިވެދެއެވެ.

މީގެ އިތުރުން ވެސް ގްރީން ޓީ އަކީ ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހުރި ހައްލެކެވެ. ނަމަވެސް ގްރީންޓީ ބޭނުން ކުރުން ރަނގަޅު ނޫން ވަގުތު ތަކެެއްވެސް ހުރެއެވެ. އެގޮތުން ހެނދުނު ހޭލާ ގޮތަށް ހުސް ގޮހޮރާއި ހުރެ ގްރީން ޓީ ބޭނުން ކުރުމަށާއި ކާ ގޮތަށް މި ޓީ ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް ބޭނުން ކުރުމަށް ހުންނަ މިންގަނޑަށް ގްރީން ޓީ ބޭނުން ކުރެވިދާނެއެވެ. ގްރީންޓީ ބުއިން ހުއްޓާ ނުލައްޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް