ads
ރިޔާސީ އިންތިހާބާއި ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދޭ: ފުލުހުން
ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅިގެން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަން ފުލުހުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އަންގައިފި އެވެ.

މިކަން ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހަށް ފޮނުވި ސިޓީގެ ޖަވާބު އިލެކްޝަންސް ކޮމިޝަނުން އާންމުކުރުމާއި ގުޅިގެންނެވެ.

އީސީން މިއަދު އާންމު ކުރި ސިޓީ އަކީ އެކޮމިޝަނުން މި މަހު 16 ވަނަ ދުވަހު ފުލުހަށް ފޮނުވި ސިޓީއެއްގެ ޖަވާބެވެ. 

އެގޮތުން ފުލުހުން އީސީއަށް ފޮނުވި ސީޓީގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އެ ކޮމިޝަންގެ މެމްބަރަކަށް އަދި މުވައްޒަފަކަށް ރައްދުވާގޮތަށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލއެއްގެ ތަހުގީގު މިވަގުތު ހިނގަމުން ނުދާކަމަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ރިޔާސީ އިބްތިހާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނަމުންނެވެ. އަދި އިންތިހާބު ބަލައި ނުގަންނަކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ފުލުހަށް ހުށަހަޅައިފައި ވަނިކޮށް ވޯޓު ކަރުދާސްތައް ނައްތާލައިފައިވާކަމަށެވެ. 

މިކަންކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އެކި ފަހަރު މަތިން ރައްދު ދީފައިވެއެވެ. އަދި ރިޔާސީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ނުހިނގާކަމާއި، ވޯޓު ކަރުދާސްތައް ނައްތާލީ އެކަމަށް އޮތް ޤާނޫނީ މުއްދަތު ހަމަވުމުންކަން ހާމަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް