ads
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، އަދި އޭނާއަށް ކޯޓުގައި ޖާމިނުވި އައްސަދު އަލީ (އަޑުބަރޭ) ----
ޝަރީއަތުގައި އަޑުބަރޭ ހެދީ ދޮގު
ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވެފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހެދީ ދޮގުކަން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި. ލައިވްކޮށް ޓެލެކާސްޓް ކުރަމުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ޤާޒީ ހަސަން ސައީދު، އަޑުބަރޭ ޖާމިނުވެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ހާޒިރު ނުވެއްޖެނަމަ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވުމުން، އަޑުބަރޭ ބުނީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް އަޑުބަރޭ ބުންޏެވެ.

އެހެންނަމަވެސް އަޑުބަރޭ ޖާމިނުވެ ސޮއިކުރި ލިޔުމުގައި އޮތީ އެގޮތަކަށް ނޫނެވެ. އޭނާ ސޮއި ކަމަށް ބުނާނހއޭނާ ނޫހަށް އެ ލިޔުމުގެ ކޮޕީއެއް ލިބިފައިވާއިރު، އޭނގައި އަޑުބަރޭ އިޤުރާރުވެފައިއޮތީ އަލީ ވަހީދު ރާއްޖެ ގެނައުމަށެވެ.

އަހުރެން، އަސްހަދު ޢަލީ. މާލެ / މ. ފަޅުމަތީގެ، ޖާމިނުވާ ގޮތަށް ހދ. ކުޅުދުއްފުށި ބަނދަރު / އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރެވޭ ހަތަރު މަސް ދުވަހުގެ މުއްދަގައި، އަލީ ވަހީދު ނުފިލާނެ ކަމަށާއި އަދި ކަނޑައެޅިފައިވާ ދުވަހަށް އަލީ ވަހީދު ރާއްޖެ އަނބުރާ ގެންނާނެ ކަމަށް އިޤުރާރުވަމެވެ. އަދި އަހުރެންގެ އިހުމާލުން މި ލިޔުމުގައިވާ ކަންތައްތއް ފުރިހަމަ ނުކުރެވިއްޖެނަމަ އަހުރެންނާމެދު ފިޔަވަޅު އެޅޭނެކަން އަހުރެންނަށް އެނގެއެވެ.

your imageއަލީ ވަހީދަށް އަޑުބަރޭ ޖާމިނުވިކަމުގެ ލިޔުން. މި ލިޔުން ކުރިންވަނީ ސޯޝަލް މީޑިއާގައި ލީކުވެފައި

ޝަރީއަތުގެ މަޖިލީހުގައި، ސްޓޭޓް މިނިސްޓަރު އަޑުބަރޭ ދޮގު ހަދާފައިވާއިރު، އަލީ ވަހީދު ފިލި މައްސަލައިގައި މީގެ ކުރިންވެސް އަޑުބަރޭއަށް ފިޔަވަޅު އަޅަން ދައުލަތުންވަނީ އެދިފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އަޑުބަރޭއަށް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. 

75%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް