ads
އާ ސީ ޕްލޭން ޓާރމިނަލް މައްސަލާގައި އެއްވެސް މުވައްޒިފަކު ވަކިކޮއްފައިނުވާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައި
ދެ މުވައްޒަފުން ވަކިކުރުމާއި ސީ ޕްލޭން ޓާރމިނަލް އާއި ގުޅުމެއް ނެތް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާ ސީޕްލޭން ޓާރމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދިނުމާއި ގުޅޭ މައްސަލައިގައި އެމްއޭސީއެލްގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށް އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަރ ކޮމާޝަލްގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފް ވަޒީފާއިން ވަކިކޮށްފައިވަނީ ސީޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް އެ ދެ މުވައްޒަފުން ދެކޮޅު ހެދުމާއި ގުޅިގެން ކަމަށެވެ.

މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ވިދާޅުވެ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ،އާ ސީ ޕްލޭން ޓާރމިނަލް ކުައްޔައް ދިނުމުގެ މައްސަލާގައި އެމްއޭސީއެލްގެ އެއްވެސް މުވައްޒިފެއް ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށެވެ. އެމްއޭސީއެލްއަކީ ޤަވާއިދާއި ޚިލާފަށް މުވައްޒިފުން ވަޒީފާއިން ވަކިކުރާ ތަނެއް ނޫން ކަމަށާއި، އެ ތަނަކީ ގިނަ މުއްދަަތެއް ވަންދެން ވަޒީފާގައި މުވައްޒިފުން އުޅެމުން އަންނަ ތަނެއް ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން 20 ނުވަތަ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒިފުން އެމްއޭސީލްގެ ވަޒީފާގައި ތިއްބެވިކަން އެ އޮފިޝަލްވަނީ ފާހަގަކުރައްވާފައެވެ. 

"އެމްއޭސީއެލް އިން އަބަދު ވެސް ގެންދަނީ މުވައްޒަފުން ތަމްރީނުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ. 

ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހާމިދު ރިޒާ މަގާމުން ވަކިކޮށްފައިވަނީ 2019 ވަނަ އަަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހެއެވެ.

ޖެނެރަލް މެނޭޖަރ ކޮމާޝަލްގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފް މަގާމުން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. 

ދެ މީހުންވެސް މަޤާމުން ވަކިކޮށްފައިވަނީ ސުލޫކީ މައްސަލައެއްގައި ކަމަށާއި، ސީޕްލޭން ޓާރމިނަލް ކުއްޔައް ދިނުމާއި އެކަމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލްގެ އޮފިޝަލު ސީއެންއެމްއަށް ވިދާޅުވީ "މިހާރު" ނޫހުގައި މި ކަމާއި ގުޅޭ ގޮތުން ލިޔެފައިވާ އާރޓިކަލް އަކީ އެމްއޭސީއެލް ބަދުނާމުކުރުމުގެ ގޮތުން ލިޔެފައިވާ ހަގީގަތާއި ޚިލާފް އާރޓިކަލްއެއް ކަމަށެވެ.

އާ ސީޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ކުރަމުން އަންނަ މަސައްކަތައް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައިވާއިރު، އެ ފަރާތްތަކުން ބުނަމުން ދަނީ ސީ ޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ކުއްޔަށް ދެނީ އެމްއޭސީއެލްއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. ނަމަވެސް މި ވާހަކަތައް އެމްއޭސީއެލް ދޮގުކުރެއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް ޓާމިނަލް ހިންގަން ގިނަވެގެން ކުއްޔަށް ދޫކުރާނީ ތިން އަހަރަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން އާ ޓާމިނަލްގެ އެކިއެކި ކަންކަމާއި އެމްއޭސީއެލް އިން ހަވާލުވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން މަސައްކަތް ކުރުމުން އަމިއްލަ ފަރާތަކުން ވަނީ އެމަސައްކަތް ހުއްޓުވައިދިނުމަށް އެދި އޭސީސީއަށް މައްސަލަ އެއް ހުށަހަޅާފަ އެވެ.

އޮޑިޓް އޮފީހުގެ ހާއްސަ އޮޑިޓަށް ރިއާޔަތްކޮށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއޭސީއެލް އިން ނިންމާފައިވާ ގޮތަށް ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީފިނަމަ އެތަނުން އަހަރަކު 41 މިލިއަން ޑޮލަރު ނުވަތަ 632 ރުފިޔާގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ހިޔާނާތެއް ކަމަށް ފެންނާތީ މިކަން ހުއްޓުވައި ދިނުމަށްވެސް މައްސަލައިގައި އެދިފައިވެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތަކީ އާ ސީޕްލޭން ޓާމިނަލެއް ހެދުމެވެ. މިޓާމިނަލް ހެދުމަށް 26 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް