ads
އަނެއްކާވެސް ހިޝާން އަށް މަރުގެ އިންޒާރު ދީފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އަހުމަދު ހިޝާން އަށް އަނެއްކާވެސް މަރުގެ އިންޒާރު ދީފި އެވެ.

ހިޝާނަށް މަރުގެ އިންޒާރު ދީފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހިޝާން ވިދާޅުވީ، ގުރޫޕަކުން އޭނާއަށް މަރުގެ އިންޒާރު ދިނުމަށްފަހު އެނާއަށް ފާރަލާފައިވާކަމަށެވެ.

މީގެ އިތުރުން ހިޝާން ވިދާޅުވީ މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ގުޅުމަށްފަހު ހުށަހަޅާފައިވާކަމަށެވެ. 

މީގެ ކުރިންވެސް ބަޔަކު ވަނީ ހިޝާނަށް މަރުގެ އިންޒާރު ދީފައެވެ. އެފަހަރު ހިޝާނަށް މަރުގެ އިންޒާރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ގޮވައިގެން ހުކުރު ދުވަހު ހުކުރުނަމާދަށް ދަނިކޮށެވެ. އަދި އެދުވަހު މަރުގެ އިންޒާރު ދީފައިވަނީ ދެ ސައިކަލެއްގައި އައި ބަޔަކު ވަޅި ދައްކައިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

ޑިސޭބަލް އެމްބެސެޑަރުކަން ކުރިން ކޮށްފައިވާ ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. 

އޭގެ އިތުރުން ރާއްޖޭގައި އެހީތެރިކަމަށް ޖެހިފައި ތިބި އެކި ފަރާތްތަކަށް ހިޝާން އަންނަނީ އެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާއްސަގޮތެއްގައި ޖެންޑާ މިނިސްޓްރީން އިހުމާލުވެފައި ހުންނަމައްސަލަތަކުގައި ފެށުނީއްސުރެވެސް ހިޝާން އަންނަނީ އަޑުއުފުލަމުންނެވެ.

2%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
85%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް