ads
ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު:--
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަންޖެހޭ"
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަންޖެހޭގޮތައް ގާނޫނުތައް އިސްލާހު ކުރުމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަންޖެހޭގޮތައް ގާނޫނުތައް އިސްލާހު ކުރުމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިނގަމުން އަންނަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުުރުމާއި ޖިންސީ ފުރައްސާރަ ކުރުންކަމަށެވެ. 

"އެފަދަފަރާތްތަކުގެ މައްޗަށް ޝަރީއަތެއް ހިންގި ކަމުގައި ވީނަމަވެސް ގިނަ ފަހަރަށް ހުކުމް ކުރަމުން ގެންދަނީ ކުށް ސާބިތު ނުވާކަމަށެވެ،" ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

ޖާބިރު ވިދާޅުވެފައި ވަނީ މި މައްސަލައިގައި އަދަބު ކަނޑައަޅަން ވާނީ އިސްލާމް ދީނުގެ މަގުން ކަމަށެވެ. 

ގދ ކަނޑުހުޅުދޫގައި ހިނގާފައިވާ ފަދަ އެތައް މައްސަލައެއް ކުރިއަށް އޮތް ތަނުގައި ހިނގުން އެކަށީގެންވާކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަނިޔާ ދޭ މީހުންނަށް "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ" މެރުން އަދަބެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ޖާބިރު ވަނީ އެދިލައްވާފައެވެ. 

ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ރޭޕު ކުރުމުގެ ސަބަބުން، އެ ޖުއްޖާއަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާދީފައެވެ. އެ ކުއްޖާގެ ބައްޕަ އިހުމާލުގެ މައްސަލައިގައި ބަންދުކޮށްފައިވާއިރު، އެ ކުއްޖާއަށް ރޭޕު ކުރިކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފައާއި މުނިކާފައެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް