ads
ޕީޕީއެމް މެންބަރުން އުފާފާޅުކުރަނީ..
ޔާމީން މިނިވަންވުން: އެއްބަޔަކު އުފަލުން ފޮޅޭއިރު އަނެއްބައެއްގެ ލޭ ކެކެނީ!
ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރި ކަމުގެ ކުށުގެ ދައުވާގައި އެމަނިކުފާނު ބަންދުކޮށް ބަހައްޓާފައި ހުންނެވިތަ 732 ދުވަސް މިއަދަށް ވެގެންދިޔަ އިރު މިއަދަކީ ޕީޕީއެމް މެންބަރުންނަށާއި ޔާމީނުގެ ސަޕޯޓަރުންގެ ހިތްތަކަށް އެތައް ގޮތަކުން އުފާވެރިކަން ގެނުވި ދުވަހެކެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވަނިކޮށް މިއަދު ބޭއްވި ޝަރީއަތުގައި ސުޕްރީމް ކޯޓުން ޔާމީން ދޫކޮށްލުން ވެގެން ދިޔައީ ޕީޕީއެމް ސަޕޯޓަރުންގެ ލޯތައް އުފަލުން ތެތްމާލި ކަމަކަށެވެ.

ހެނދުނު ފެށުނު ޝަރީއަތް ތިން ގަޑި އިރަށް ދިގުދެމިގެންދިޔަ އިރު ފަނޑިޔާރުގެ ބެންޗުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައުޔުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވި އިރު ތިން މަރުހަލާގައި ވެސް ކުށް ސާބިތުވާކަމަށް ނިންމި ފަހުން، ކުށް ސާބިތުވުމުގައި ވާހަކަދެކެވުނު އެއް މިލިއަން ޑޮލަރަކީ ގާނޫނީ ގޮތުން ސައްހަ ޔާމީން އަށް ލިބުން ހައްގު ފައިސާއެއް ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.  

your imageޕީޕީއެމް މެންބަރުން އުފާފާޅުކުރަނީ..

މެންދުރުފަސް ވީއިރު މުޅި މާލެތެރޭ އޮތީ ހަލަބޮލިވެފައެވެ. ޗެނަލް ތޭރައިންވެސް ވެސް ވަގުތުން ގެނެސްދިނީ ކީރިތި ގުރުއާނެވެ. ސަޕޯޓަރުން ތައްޔާރުވެގަތީ އެމަނިކުފާނު ގެ ކޮޅަށް ވަޑައިގަތުމުގެ ކުރިން އިސްތިގުބާލަށް ދިޔުމަށެވެ. އުފަލުން ފޮޅިފައިވާ ހިތްތައް އިސާހިތަކުން އެ ސަރަހައްދު ފުރާލިއެވެ.

އެވަގުތު އެ ސަރަހައްދު ޔާމީންގެ ސަޕޯޓަރުންގެ ރުޔުމުގެ އަޑުން ގުގުމާލާފައިވާއިރު ސޯޝަލް މީޑިއާއަށް ވެސް ދިޔައީ ބާރުބޮޑުވެގެންނެވެ. ޔާމީންގެ ފޮޓޯތަކާއެކު ފޭސްބުކް އާއި ޓްވިޓާ ވެސް ފުރާލިއެވެ. ހައްގަށް ނަސްރު ލިބުނީ ކަމަށް ބުނެ އެތައް ބަޔަކު ދިޔައީ މަރުހަބާ ކިޔަމުންނެވެ.

ޔާމީން މިނިވަންވުމާއެކު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސަޕޯޓަރުން ހިތުގެ ފުންމިނުން ޝުކުރުވެރިއެވެ. ނުހައްގުން ބަންދުކޮށްފައި ބަހައްޓާކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔާ ސަޕޯޓަރުން ގޮވަމުންދިޔައީ ކުރިއެކޭ ވެސް އެއްގޮތަށް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށެވެ. 

your imageސުޕްރީމް ކޯޓުން ރައީސް ޔާމީން މައްސަލައިގައި ހުކުމް އިއްވި ވަގުތު-

މާލެ އެކޭ އެއްފަދައިން އަތޮޅުތަކުގެ ރައްޔިތުން ވެސް އަންނަނީ ޔާމީން މިނިވަން ވުމުގެ އުފަލުގައި އުފާފާޅުކުރަމުންނެވެ. ބައެއް ރަށްރަށުގައި ޕީޕީއެމް ރަމްޒުކޮށްދޭ ކުލަ ކުލައިގެ ހެދުމުގައި އަންހެންވެރިންނާއި ފިރިހެން ވެރިން އެރަށެއްގައި ހުންނަ ޖަގަހަ ކައިރިއަށް އެއްވެ ޕާޓީގެ ލަވަތައް ޖަހަން ފެށިއެވެ.

މިއަދަކީ ޕީޕީއެމް މީހުންނަށް ނުހަނު އުފާވެރި ދުވަހަކަށް ވިޔަސް މި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުންގެ ލޭ އިތުރަށް ކައްކުވާލާފިއެވެ. ސޯޝަލް މީޑިއާއިންނާއި ނޫސްތަކުން ލިޔެފައިވާ ކޮމެންޓުތަކުން އެކަން ނިކަން ރަނގަޅަށްވެސް އެބަ ސާބިތުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއިދުކުރާ އަދި ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުން ވެސް ވަނީ ޔާމީން ދޫކޮށްލުމުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

your imageމީހަކު ކޮށްފައިވާ ޕޯސްޓެއް…

އެގޮތުން ޓްވިޓާ އާއި ފޭސް ބުކްގައި ފަނޑިޔާރުގެ ތަކުގެ ހަރުދަނާކަން މިއަދު ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށާއި މިއަދު މި ފެންނަނީ ކުރިން ކަމު ނުދިޔަ ފަނޑިޔާރުގެތަކަށް ވަކި ބަޔަކު ސަނާ ކިޔާ މަންޒަރުކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ވަގަށް ފައިސާ ހޯދި ނަމަވެސް އެ ފައިސާ އަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ނޫންކަން ސާބިތު ކުރެވޭ ކޮންމެ ފައިސާ އަކީ ގާނޫނުން ހަލާލު ފައިސާކަން އެނގިގެން ދިޔަ ކަމަށް ވެސް މީހަކު ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

your imageމީހަކު ކޮށްފައިވާ ޕޯސްޓެއް..

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މީސް މީހުންނަށް ބޭކާރު ގޮތުގައި ދައުވާ ނުކުރުމަށާއި ކުރަމުންދާ ދައުވާތައް ހުއްޓާލުމަށް ވެސް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

ޔާމީންގެ ހައްގުގައި ޖާނުން ފިދާވާ ސަޕޯޓަރުންނަށް މިރޭ ލޮލަށް ނިދިވެސް ނާންނާނެ ކަމަށް ބުނަމުންދާއިރު ޔާމީނު މިނިވަންވުމުން އެކަމާއި ހިތްހަމަނުޖެހުނު މީހުންގެ ހިތްތައް ދިޔައީ ފަނޑިޔާރު ގެތަކާމެދު ކަޅުވަމުންނެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް