މިހާރު ހިންގަމުންދާ "އާސްކް ސްޕީކާ" ޕްރެސްގައި ހުސައިން ރަޝީދު ކިޔާ މީހަކު ކުރި ސުވާލުގައި ބުނީ ރައީސް ޔާމީނަށް މިއަދު ކުރި ހުކުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއާއި، އެމަނިކުފާނާއެކު މަސައްކަތްކުރައްވާނީތޯ ނުވަތަ ދުރުގައި ބަހައްޓަވާނީ ތޯއެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ހުކުމަކީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖޭގެ އެންމެ މަތީ ވެރިއަކު ދޫކޮށްލުމަށް ކުރެވުނު ފުރަތަމަ ހުކުމް ކަމަށެވެ. އެހެންކަމުން އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ޝަރުއީ ދާއިރާ މިނިވަން ވެގެން ދިއުމަކީ ދިވެހީންނަށް ލިބޭ އުފާވެރި ކަމެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސަކު ދޫކޮށްލުމަށް މިނިވަން ކުރުމަށް ރާއްޖޭގެ ފަނޑިޔާރު ގެއަކުން އިއްވި ފުރަތަމަފަހަރު . ވެރިކަމުން ބޭރުގައި އެބާވަތުގެ ކަމެއްވީ ފުރަތަމަ ފަހަރު ދިވެހި ރާއްޖޭގެ 2000އަހަރުވީ ދިގު ވެރިކަމުގެ ތާރީހުގައި. ގިނަފަހަރަށް ދިވެހިރާއްޖޭގެ ވެރިންނަށް ނާދެވޭ ގޮތްވެފައިވަނީ . ނުވަތަ މަރާލެވިފައިވަނީ .ނުވަތަ ހައްޔަރުގައި ނިމި ގޮސްފައިވަނީ ވެރިކަމުގައި ހުރެ މަރު ނުވެއްޖެ ނަމަ."ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފެންނަނީ ޝަރުއީ ނިޒާމް މިނިވަން ވަމުން އަންނަތަން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަމުން ނުކުންނަ ނަތީޖާއަކީ ބައެއްމީހުން އެހާ ހިތްހަމަ ނުޖެހޭ ގޮތަކަށް ވެދާނެ ކަމަށާއި އަދި އެއީ އަނެއްބަޔަކު ވަރަށް އެދޭ ވެދާނެ ގޮތެއް ކަމަށެވެ.
އެހެންނަމަވެސް ޝަރީއަތެއް ރަނގަޅަށް ކުރެވިގެން ގަޒިއްޔާއެއް ރަންގަޅަށް ނިންމިގެން ދިއުމަކީ މުޅި ދިވެހިރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން ޝަރުއީ ނިޒާމް މިނިވަންވެގެން އައުމަކީ ދިވެހީން އެދޭ ގޮތް ކަމަށާއި އެއީ އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ.