ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް
ވިނަރެސް އިން ފްލެޓް ގަތުމަށް އިތުރު ފުރުސަތެއް
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިޓެޑްއިން ފްލެޓްގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް، “ވިނަރެސް” މަޝްރޫއުގެ އެޕާޓްމެންޓުތައް ގަންނަން އިތުރު ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިންދިން ފުރުސަތުގައި ގިނަ ބަޔަކަށް ރަޖިސްޓްރީ ނުވެވޭ ކަމުގެ ޝަކުވާ ލިބެމުންދާތީ، ރަޖިސްޓާ ނުވެނުނު ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ. 

އަދި މި މަހުގެ 6 ވަނަ ދުވަހުގެ 15:30އާ ހަމައަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން ވަނީ ގޫގުލް ލިންކެއް ގާއިމް ކޮށްފައެވެ. 

މީގެ ކުރިން ވަނީ އެޕާޓްމެންޓު ގަންނަން ސެޓްލްމެންޓް އެގްރީމެންޓުގެ ދަށުން ސީލައިފަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި، އެ ކޯޕަރޭޝަނުން ރީފަންޑުކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ “ވިނަރެސް”ގެ އެޕާޓްމެންޓުތައް ގަތުމަށް ރަޖިސްޓާވުމަށް ހުޅުވާލާފައެވެ. 

އަދި އެކަމަށް ގިނަ ބަޔަކު ވަނީ ރަޖިސްޓްރީކޮށްފައެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް