ads
އާޒިމް އެމްޓީސީސީ އަށް، ޝާހު އެމްޑަބްލިއުއެސްސީ އަށް
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލީ އާޒިމް އެމްޓީސީސީ އަށް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު، އެމްޑަބްލިއުއެސްސީ އަށް މިއަދު ބަދަލުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ ބުނެފައިވަނީ މިއީ ހިންގުން ރަނގަޅު ކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ. 

އެމްޑަބްލިއުއެސްސީގެ އެމްޑީ އަކަށް އާޒިމް އައްޔަން ކުރީ 2018 ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. 

އެމްޓީސީސީ އަށް ޝާހު ހަމަޖެއްސީ  2018 ޑިސެމްބަރު 12، ވަނަ ދުވަހުއެވެ. 

އެ ދެ ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުންނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް