ads
ލަވައިގެ ޕޯސްޓަރެއްގައި އައްޔު…
އައްޔުގެ "ތީ ލޯބި ޖަވާހިރެކޭ" ހިތުގެ ހިމަ ނާރުތަކާ ކުޅެލާ!
އަމިއްލަ ގޭގައި އިނދެ ފޯނުން ރިކޯޑް ކޮށްލުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސްޓޯރީތަކަށް އަލީ އިނާން ސައީދު (އައްޔު) ދޫކޮށްލި "ތީ ލޯބި ޖަވާހިރެކޭ" ދިވެހިންގެ ތެރޭގައި މަގުބޫލު ވެގެންދިޔައީ އިންތިހާއަށެވެ. ޓިކްޓޮކްއާއި އެކި އެކި ކައިވެނި ހަފްލާތަކުގައި ވެސް އެ ކަޑިތައް އަޑު އިވޭލެއް މި ފަހުން ގިނަވިއެވެ.

އައްޔު މިވަނީ އޭނާގެ ފޭނުންގެ އެދުމުގެ މަތިން "ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް އޯޑިއޯ ވާޝަން އެހުންތެރިންނަށް ދޫކޮށްލާފައެވެ.

މިއަދު އޭނާ އެ ލަވަ ރިލީޒްކޮށް މިހާރު ޔޫޓިއުބް އަދި ލަވަ ފޮއްޓަށް ވަނީ އަޕްލޯޑުކޮށްފައެވެ. ވަރަށް އަވަހަށް ސްޕޮޓިފައި އާއި އެހެން ޕްލެޓްފޯމްތަކަށް ވެސް ލަވަ އަންނާނެ އެވެ.

"ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް ވާޝަން އަންނަން އުޅޭ ކަމުގެ ހަބަރު ފޭނުންނަށް ދިނުމާއެކު އެ ލަވަ އަށް އިންތިޒާރު ކުރި މީހުން މަދެއް ނޫނެވެ. އެކަން ޔޫޓިއުބް އިން ވެސް އެބަ ހާމަ ވެއެވެ. ތިން ގަޑި އިރު ތެރޭގައި ގިނަ ބަޔަކު އެ ލަވަ އަޑު އަހާފައިވާއިރު "ތީ ލޯބި ޖަވާހިރެކޭ" ވަނީ އެންމެންގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ރަނގަޅަށް ވެސް ކުޅެލާފައެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން އައްޔު ބުނީ، ލަވައިގެ ފުލް ވާޝަން ދޫކޮށްލުމާއެކު ގިނަ ބައެއްގެ ތައުރީފާއި ތަރުހީބު ލިބެން ފެށި ކަމަށެވެ. އަދި ފޭނުން ގުޅާފައިވެސް އައްޔުގެ މަސައްކަތް ފުރިހަމަ ކަމުގެ ވާހަކަ ބުނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ހިންދީ ލަވަ "މެއި ރަންގް ޝަރްބަތޯކާ" ގެ ރާގަށް އައްޔު އަމިއްލަ ލިރިކްސް ހަދާގެން އޭނާގެ އަމިއްލަ އަޑުން ގެނެސްދީފައިވާ "ތީ ލޯބި ޖަވާހިރެކޭ"ގެ ފުލް ވާޝަންގެ މިއުޒިކް ކޮމްޕޯސް ކޮށްފައިވަނީ ޝަހީދު ލެގަސީ ކަން ފާހަގަކޮށްލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް