ads
މިއަދު ބޭއްވި ރަސްމިޔާތުގެ ތެރެއިން——
ޖަޕާނުން އިތުރު 2 މިލިއަން ޑޮލަރު ހިލޭ އެހީ ދީފި
ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް އިތުރު ދެމިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ޖަޕާން ސަރުކާރާއިއެކު 2،050،000(ދެމިލިއަން ފަންސާސް ހާސް) ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭޑީބީ އާއިއެކު މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ސޮއި ކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ މީގެ ތެރެއިން ދެމިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް ކަމަށެވެ.

މި ޓެކްނިކަލް އެސިސްޓެންސްގެ ސަބަބުން ކޮމިއުނިކަލް ޑިސީސް އައުޓް ބްރޭކްސް އަދި ޕެންޑެމިކް ރެސްޕޮންސް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިތުރު ދެމިލިއަން ޑޮލަރު ރާއްޖެއަށް ޖަޕާނުން ހިލޭ އެހީގެގޮތުގައި ދިންއިރު، ދަނޑުވެރިކަން ތަރައްގީކުރުމަށް ވެސް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މީގެ އިތުރުން ކޮވިޑްގެ މި ދަނޑިވަޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ޔޫއެސްއޭ އައިޑީ މެދުވެރިކޮށް އެމެރިކާ އިން ވަނީ އިތުރު ދެ މިލިއަން ޑޮލަރު (30.84 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ނިންމައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް