ads
ފޮޓޯ: އޭސީސީ
އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި
އޭސީސީގެ މެމްބަރު އަޝްރަފް އިއްޔެގެ ވަުގެތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.

ސީއެންއެމް އާއި ވާހަކަދައްކަމުން އެސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާއި ހުރެ ކަމަށާއި އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ސިޓީ ފޮނުވާފައިވާކަމަށް ބުންޏެވެ.

އަޝްރަފް އިސްތިއުފާދެއްވާފައި މިވަނީ އޭސީސީގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަނަސް ދަށްކަމަށް ކޮމިޓީއަށް ފެންނަ މެމްބަރުން ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށަން އެކޮމިޓީއިންވަނީ މީގެ ތިން ހަފްތާއެއް ކުރިން ފާސްކޮށްފައިވަނިކޮށެވެ. 

ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ އޭސީސީގެ މެންބަރުން އެ ކޮމިޝަނަށް އައްޔަންކުރި ފަހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަށް ހުށަހަޅާފައެވެ. އަދި މީގެ އިތުރުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރެވިފައި ހުރި މަސައްކަތަކާއި އަދި އެ މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުވާފައިވާ މައްސަލަތަކުގެ އަދަދާއި، ތަހުގީގު މަރުހަލާގައި ހުރި މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ވަކިވަކިން އޭސީސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރުމަށް ހުށަހެޅިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް