ads
ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ: މެޓް
ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުން އެކަށީގެންވޭ: މެޓް
ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާކަމަށް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.

މެޓުން ބުނީ އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. 

"ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ، އެހެން ހިސާބުތަކުގައި ގަދަވާނެ،"

މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެށް ވެސް މެޓުން ބުނެއެވެ. 

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވާނޭ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ރާއްޖެގެ ބޮޑުބަޔަކަށް ވައިޓް އެލަރޓް ވެސް ނެރެފައެވެ. 

ނ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދުގައި މިރޭ މެންދަމު ތިނެކާ ހަމައަށް ގަޑިއަކު ތޭވީސް މޭލާއި ނަވާވީސް މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ. 

 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް