ads
ކަރީނާ އަދި ސައިފް——
ސައިފް ކައިރީ ރަށްޓެހިވާން އަހަންޖެހުނީ ކަރީނާއަށް
ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން އެންމެ ފުރަތަމަ ރިލޭޝަންޝިޕަކަށް ދިޔަގޮތާއި ބެހޭގޮތުން ވާހަކަދައްކަމުން ކަރީނާ ބުނީ ފުރަތަމަ ފިޔަވަޅު ނަގަންޖެހުނީ އޭނާއަށް ކަމަށެވެ.

ސައިފަކީ ދުވަހަކުވެސް އަންހެނަކަށް އިސްވެ ވާހަކަދައްކާ ހަދާ ޓައިޕު މީހެއް ނޫންކަމަށާއި، އޭނާއަކީ މާ “އިންގްލިޝް”މީހެއް ކަމަށްވެސް ކަރީނާ ބުނެފައިވެއެވެ.

ކަރީނާ ބުނީ ދެމީހުންގެ ދެމެދުގައި ގުޅުމެއް އުފެދުނީ ކަރީނާ އިސްވެ ކުރި މަސައްކަތުން ކަމަށެވެ.

ކަރީނާއާއި ސައިފް ކައިވެނިކޮށްފައިވަނީ ރަށްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ. 

ހަތަރު އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ސައިފް އަދި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ.

ކަރީނާ އާއި ސައިފުގެ ކަވެންޏަކީ ބޮލީވުޑްގައި ބޭއްވުނު "ބިގް ފެޓް ރޯޔަލް" ވެޑިންގެ ތެރެއިން ފާހަގަކޮށްލެވުނު ވެޑިންއެކެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. އެ ދެމަފިރިންނަށް ތައިމުރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ.

އޭގެފަހުން މިއަހަރު ވަނީ އިތުރު ފިރިހެން ކުއްޖަކު ލިބިފައެވެ. އެއީ ޖެހް އެވެ.

ސައިފް މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު ފިލްމީތަރި އަމްރިތާ ސިންއާއެވެ. 1999ވަނަ އަހަރު ކުރި އެކަވެނި ނިމުމަކަށް އައީ 2004 ވަަނަ އަހަރެވެ. އޭރު ދެމީހުންނަަށް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. އެއީ ސާރާ އަލީ ހާން އާއި އިބްރާހިމް އަލީ ހާން އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް