ads
“ތަޅަޕް” ގެ ޕޯސްޓަރެއް…
“ތަޅަޕް”ގެ ދެވަނަ ޓްރެއިލާ ވެސް ވަރަށް ހިނގައިފި، މިއަދު ފިލްމު ރިލީޒްވަނީ!
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމު “ތަޅަޕް” ގެ ދެވަނަ ޓްރެއިލާ ބެސް ބެލުންތެރިންގެ ތެރޭގައި ވަރަށް ހިނގައިފިއެވެ.

މީގެ ތިން ދުވަސް ކުރިން ޔޫޓިއުބަށް ދޫކޮށްލި އެ ޓްރެއިލާ އަށް މިހާތަނަށް 5.3 މިލިއަން ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު އެ ފިލްމުގެ ފުރަތަަމަ ޓްރެއިލާ އާންމުކޮށްފައިވާއިރު އެ ޓްރެއިލާ ވެސް ދިޔައީ ހިޓް ވެގެންނެވެ. ބެލުންތެރިން ފިލްމަށް ކުރާ އިންތިޒާރު ބޮޑުކޮށްދިނެވެ.

“ތަޅަޕް” އަކީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރޭ ފިލްމެވެ. އެ ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެންނާނީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާ އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ސިނަމާތަކަށް އަންނާނީ މިއަދުއެވެ. ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. މިއީ ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް