ނެހާ---
އަލިފާން ނިއްވާ މީހަކަށް ނެހާ ދެ ލައްކަ ރުޕީސް ދީފި
Share
އަލިފާން ނިއްވާ މީހަކަށް ނެހާ ކައްކަރު ދެ ލައްކަ ރުޕީސް ދީފި އެވެ.
Advertisement

އަލިފާން ނިއްވާ މީހަކަށް ނެހާ ކައްކަރު  ދެ ލައްކަ ރުޕީސް ދީފި އެވެ.

ދާދި އިންޑިއަން އައިޑަލްގައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އެޕިސޯޑެއް ބާއްވާފައެވެ. އެގޮތުން ޗީފް ގެސްޓެއްގެ ގޮތުގައި ސިފައިންގެ މީހުންނާއި ފުލުހުންގެ ބައެއް މީހުންގެ އިތުރުން އަލިފާން ނިއްވާ ބައެއް މީހުން ވަނީ އެ ޝޯގައި ބައިވެރިވެފައެވެ.

ޝޯތެރެއިން ބައިވެރިން އެމީހުންގެ އަގުވަޒަން ކޮށްފައިވާއިރު ނެހާ ވަނީ ބިޕިން ގަނަތުރާ ނަމަކަށް ކިޔާ އަލިފާން ނިއްވާ މީހަކަށް ދެ ލައްކަ ރުޕީސް ދީފައެވެ. ބިޕިން އަކީ އަމިއްލަ ރައްކާތެރިކަމަށް ނުބަލާ މީހުން ސަލާމަތްކުރުމުގައި 40 އަހަރު ހޭދަކޮށްފައިވާ މީހެކެވެ.

އެ ޝޯގެ ތެރެއިން ނެހާ ވަނީ ބިޕިން އާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށާއި އޭނާއަށް ހަދިޔާއެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ނެހާ ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އިންޑިއަން އައިޑަލްގެ ސްޓޭޖުމަތިން މީހުން ފައިސާ ހަދިޔާ ކޮށްފައެވެ.

ގިނަ ރީތި ލަވަ ތަކެއް ހުށަހަޅައިދީފައިވާ ނެހާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އޭނާއަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް