ads
އެމްއެންޕީން ގދ އަށް ދަތުރުކުރުމުގެ ތެރެއިން
އެމްއެންޕީން ޓީމެއް ގދ. އަތޮޅަށް
އަލަށް އުފެދިގެން އައި ސިޔާސީ ޕާޓީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް ރިޓަޔާޑް ކާނަލް ނާޒިމް އަދި ލީޑާރޝިޕްގެ ބޭފުޅުން މިއަދު ހެނދުނުގެ ވަގުތެއްގައި ގދ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ގދ އަށް ކުރާ މި ދަތުރުގެ ފުރަތަމަ މަންޒިލަކީ ގދ ތިނަދޫ ކަމަށާއި، ގދ އަތޮޅަށް މި ކުރާ ދަތުރަކީ ރައްޔިތުންގެ ހާލު ބަލައި ރައްޔިތުން އެދޭ ގޮތް ދެނެގަތުން ކަމަށް އެމްއެންޕީ އިން ވަނީ ބުނެފައެވެ. އަދި ހަމަ އެއާއި އެކު މައްސަލަތައް ދެނެގަނެ އެކަން ކަން ހައްލު ކުރާނެ ގޮތްތައް ރޭވުމަށް ވެސް މިދަތުރުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޕާޓީްނ ބުނެއެވެ.

your imageގދ ތިނަދޫގައި

ދާދި ފަހުން ހއ، ސ ،ޏ އަދި މާފުއްޓައި ހިންމަފުއްޓަށްވެސް އެމްއެންޕީން ވަނީ ދަތުރު ކޮށްފައެވެ. މި ދަތުރުތަކަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ބޭނުމުގައި ކުރެވުނު ދަތުރުތަކެއް ކަމުގައި އެމްއެންޕީން ވަނީ ބުނެފައެވެ.

ޕާޓީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިހަ ހާސް މެމްބަރުންގެ ސޮއިވަނީ އެޕާޓީން ވަނީ ހޯދާފައެވެ. އެމްއެންޕީ ވުޖޫދުވެ ރަސްމީކޮށް ލޯންޗުކުރުމަށްފަހު ޕާޓީއަށް މީހުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އެޕާޓީން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް