ads
މަލައިކާ އަދި އަރްޖުން ބައިސްކަލް ދުއްވަނީ——
މަލައިކާއާއި އަރްޖުން ރާއްޖޭގައި، ބަައިސިކަލް ދުއްވުން ނޫކަމެއް ނުކުރޭ
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަލައިކާ އަދި އަރުޖުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގައެވެ

ދެމީހުން އެކީ ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުންދާއިރު، މި ވެކޭޝަންގައި ދެމީހުން އެންމެ ފޯރި ހިއްޕާލާފައި ހުރީ ބައިސިކަލް ދުއްވުމަށެވެ.

އަރްޖުން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި މަަލައިކާ ބައިސިކަލް ދުއްވަނިކޮށް ވެއްޓޭ މަންޒަރުވެސް ފެނެއެވެ. އަރްޖުން ބުނީ މަލައިކާއަށް ވުރެ ބޮޑަށް ބައިސިކަލް ދުއްވަން ފަރިތައީ އޭނާ ކަމަށެވެ.

މަލައިކާ އަދި އަރުޖުންގެ ލޯބީގެ ވާހަކައަކީ ސިއްރެއް ނޫނެއެވެ. އަރުޖުންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މަލައިކާ ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. މިފަހުން އެމީހުން ވަނީ ދެ އާއިލާގެ މީހުންނާއެކު ވެސް ވަގުތު ހޭދަކޮށްފައެވެ.

މަލައިކާ އަދި އަރުޖުން ލޯބީގެ ގޮތުން ގުޅުމުން ގިނަ ބަޔަކު ފާޑުވެސް ކިޔެވެ. އެއީ އެންމެ 35 އަހަރުގެ އަރްޖުން 47 އަހަރުގެ މަލައިކާއާ ލޯބީގެ ގޮތުން ގުޅުމުންނެވެ. އެގޮތުން ދެ މީހުންގެ އުމުރުގެ ފަރަގާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. 

1998 ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރިއެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރިއެވެ.

މިހާތަނަށް އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް