ads
ދ. ކުޑަހުވަދޫ
93 އަހަރުގެ މީހަކު ކޮވިޑްގައި މަރުވެއްޖެ
ކޮވިޑަށް ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 07:10 ގައެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 252 ވަނަ މީހާއެވެ. 

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް ޕޮޒިޓިވްވާ މީހުން އަަންނަނީ ގިނަވަމުންނެވެ. 

އެގޮތުން އިއްޔެ ވެސް 100 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެެއެވެ. މީގެ ތެރެއިން އެންމެ ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. އިއްޔެ އަތޮޅުތަކުން 71 މީހަކު އަދި މާލެއިން 19 މީހެއް، ރިސޯޓުތަކުން 10 މީހަކު ޕޮޒިޓިވްވިއެވެ.

މިވަގުތުވެސް ބަލިޖެހިފައިވާ 1726 މީހުން ރާއްޖޭގައި ތިބިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ މީގެ ތެރެއިން 17 މީހަަކަށެވެ.

ރާއްޖެއިން މިހާތަަނަށް މުޅި ޖުމްލަ 91،993 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 9،0003 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް