ads
ޗެލްސީ ވެސްޓްހޭމް މެޗުގެ ތެރެއިން
ވެސްޓްހޭމް އަތުން ޗެލްސީ ބަލިވެއްޖެ
އިންގްލިޝް ޕްރިމިއަރ ލީގުގެ އެއްވަނައިގަ އޮތް ޗެލްސީ، ވެސްޓްހޭމް އަތުން ބަލިވެއްޖެއެވެ.

ވެސްޓްހޭމާ ޗެލްސީ ކުޅުނު މެޗުން ޗެލްސީ ބަލިވީ ދެ ލަނޑު ތިން ލަނޑުންނެވެ. މި މެޗުން ވެސްޓްހޭމް މޮޅުވީ ފަހަތުން އަރައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޗެލްސީގެ ތިއާގޯ ސިލްވާއެވެ. އެހެންނަމަވެސް ވެސްޓްހޭމުން ލިބުނު ޕެނަލްޓީއަކުން އެއްވަރު ކުރިއެވެ. އެއްވަރު ކުރި ލަނޑު ޖެހީ މެނުއަލް ލަންޒީނީއެވެ. އޭގެ ފަހުން ޗެލްސީން އަނެއްކާވެސް ކުރި ހޯދިއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މި ލަނޑު ޖެހީ މައުންޓްއެވެ.

ދެވަނަ ހާފުގެ ތެރޭގައި ވެސްޓްހޭމުގެ އަނެއް ދެ ލަނޑު ޖެހީ ބޮވެން އަދި އާތޫރް މަސުއާކޫއެވެ. މި މެޗުން ބަލިވިނަމަވެސް އެއްވަނައިގަ ޗެލްސީ އޮތީ ތެއްތިރީސް ޕޮއިންޓާއެކުއެވެ. އެއީ ފަނަރަ މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް