މާފުށީ ފެނުނު ބްރައުން ވިޑޯއެއް----ފޮޓޯ:ސޯޝަލް މީޑިއާ
މާފުށިން ފެނުނީ އެންމެ ނުރައްކާތެރި ވައްތަރުގެ މަކުނެއް ނޫން
Share
ކ. މާފުށީގެ ބައެއް ގޭގެއިން ފައިދިގު މަކުނުގެ ވަރަށް ވިހަ ގަދަ ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" އަންނަނީ މިހާރު ފެންނަމުންނެވެ.
Advertisement

އެކަމާ ގުޅިގެން މާފުށީ ކައުންސިލުން ނެރނު އިއުލާނެއްގައި ބުނީ އެރަށު އެކި ސަރަޙައްދުތަކުންނާއި ގޯތިގެދޮރުން ފެންނަމުންދާ މަކުނާ ގުޅޭ މާފުށީ އެކި ސަރަޙައްދުތަކުންނާއި ގޯތިގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯ ކަން މިނިސްޓްރީ އޮފް ހެލްތްގެ ވެކްޓަ ކޮންޓްރޯލް ޔުނިޓުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.


އެގޮތުން އެކަމުން ސަލާމަތްވުމަށް ބޭނުންކުރެވޭނެ ކެމިކަލްއަކީ ކޮބައިތޯ ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތް ވެކްޓަ ކޮންޓްރޯލް ޔުނިޓުން ވަނީ ވިދާޅުވެއިވާކަމަށާއި އެހެންކަމުން މިވަގުތަށް ބްރައުން ވީޑޯ މަކުނު ނުވަތަ ބްރައުން ވިޑޯ ބިސް ފެނިއްޖެނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި އެ އެއްޗެއް އަންދާލުން ނޫން ގޮތަށް ނައްތާނުލުމަށް ވަނީ އިރުޝާދު ދީފައިވާ ކަމަށް އެ އެއިއުލާނުގައި ވެއެވެ.


"ވީއެޒާތުގެ މަކުނެއް ނުވަތަ ބިސް ފެނިއްޖެނަމަ، ހަން ހުރަހެއް މެދުވެރިކޮށް ނަގައި އަންދާލުމަށް ދަންނަވަމެވެ. އަދި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މީހުން ދިރިއުޅޭ ގޯތިގެދޮރާއި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލައި އެތަކެތި އަންދާލުމަށް ދަންނަވަމެވެ." އެއިއުލާނުގައި ވެއެވެ.

ބްރައުން ވިޑޯ އަކީ ބްލެކް ވިޑޯއަށް ވުރެ ވަރުގަދަ ވިހައެއް ހުންނަ ބާވަތެއް ނަމަވެސް މިއީ ބްލެކް ވިޑޯއަށް ވުރެ އިންސާނުންނަށް ނުރައްކާތެރިކަން ކުޑަ އެއްޗެކެވެ. ސަބަބަކީ އެ މަކުނު ވިހަލާ މިންވަރު މަދުވުމެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް