ads
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
މިދިޔަ އަހަރު 50 މީހަކަށް ޤާނޫނީ ވަކީލުން އައްޔަންކޮށްދިން
ބަންޑާރަނައިބުގެ އޮފީހުން 50 މީހަކަށް މިދިޔަ އަހަރު ޤާނޫނީ ވަކީލުން އައްޔަނުކޮށްދީފި އެވެ.

އެގޮތުން ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި، ނިމިދިޔަ 2019 ވަނަ އަހަރު ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށްއެދި އެ އޮފީހަށް 105 އެޕްލިކޭޝަން ފޯމެއް ހުށަހަޅާފައިވާކަމަށެވެ.

އޭގެތެރެއިން 50 ފަރާތަކަށް ދައުލަތުން ވަކީލުން ހަމަޖައްސާދީފައިވާއިރު، 39 ފަރާތެއްގެ ފޯމަށް ހުށަހަޅަންޖެހޭ މައުލޫމާތުތައް ހުށަހަޅާފައި ނުވާތީ ވަކިގޮތެއް ނިންމާފައި ނުވާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ. އަދި 13 ފަރާތެއް ދައުލަތުން ވަކީލުން އައްޔަނުކޮށްދިނުމުގައި ބަލާ މިންގަނޑަށް ފާސްނުވާތީ ވަކީލުން ހަމަޖައްސާފައިނުވާކަމަށާއި އަދި ތިން ފަރާތަކުން ދައުލަތުން ވަކީލުން ހަމަޖެއްސުމަށް އިތުރަށް ބޭނުންނުވާކަމަސް އަންގާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ 2018 ވަނަ އަހަރު ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމަށް އެދި 57 އެޕްލިކޭޝަން ފޯމް އެ އޮފީހަށް ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރެއިން 23 ފަރާތަކަށް ދައުލަތުން ވަކީލުން އައްޔަނު ކޮށްފައިވާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް