ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ސަމާލުވޭ! ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ހުވަދު އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ޔެލޯއެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން ބުނީ ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ޔެލޯ ނެރެފައިވާ ކަމަށެވެ.

މިއަދު ހެނދުނު ވަނީ މިސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެހެންނަމަވެސް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން، އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. 

ޔެލޯ އެލާޓް ނެރެފައި ވަނީ 11:30އިން ފެށިގެން 14:00އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓްއޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑު ދަތުރު ކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށެވެ.

ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް ދަތުރުގެ މައުލޫމާތު އެންގުމަށާއި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރިތޯ ރަނގަޅަށް ޗެކްކުރުމަށް ކޯސްޓުގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން މުދާ އުފުލާ އުޅަނދު ފަހަރުގައި މުދާ ބަރުކުރާއިރު އޮންނަ ގަވާއިދުތަކަށް އަމަލުކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެ ބަޔާނުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން ވެސް ފަޅު ތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުތައް ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަ ހިއްކުމަށް ވެސް ކޯސްޓު ގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑު ދަތުރުފަތުރު ކުރާ އިރު ލައިފްޖެކެޓް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ދާދި ފަހުން ކަނޑަ އަޅާފައިވާއިރު ލައިފް ޖެކެޓާއި ނުލާ ދަތުރު ކުރުމަކީ މަނާ ކަމެއްކަން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް