ރައީސް ޔާމީން މިރޭ އެޕާޓީއަށް ނިސްބަތްވާ ކަންސިލަރުންނާ ބައްދަލު ކުރައްވަނީ
އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރަނީ
Share
އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

މިވަގުތު  މާލޭގައި ތިއްބެވި ކައުންސިލަރުންނާއި،  ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި،  ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން މިރޭވަނީ ބައްދަލު ކުރައްވާފައި ކަމަށް ޕީޕީއެމް އިން ބުނެއެވެ. 

‎މި ބައްދަލުވުމުގައި ރައީސް ޔާމީންވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށްވަރުގަދަ ކުރުމާގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައި ކަމަށް އެޕާޓީން ބުނެއެވެ. 

 އިންޑިއާ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށާއި، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިއަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ. 

ރައީސް ޔާމީން ވިދާޅުވީ އަވަޓެރި ރަހްމަތްތެރި ބައެއްގެ ގޮތުން އިންޑިއާއަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާނގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ އެއީ މިސަރުކާރުގެ ހިޔާނާތްތެރި ރޭވުން ކަމަށާއި، އަނެއްކާވެސް ޖަލަށް ގެންދަންޏާ ގެންދަން ވީކަމަށެވެ. 

ޔާމީން ވިދާޅުވީ މިވާހަކައަކީ ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް އެކަން ދޮގު ކުރައްވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެވާހަކަ ދައްކަވަނީ ރަސްމީ ހައިސިއްޔަތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް