ads
ޖެކްލީން——
ޖެކްލީން އެއާޕޯޓުން ހުއްޓުވާ، ފުރުން މަނާކޮށްފި
ބޭރުގެ ހަބަރުތަައް ބުނާގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ޖްކްލީން ފަރްނާންޑެޒް މުމްބާއީ އެއާޕޯޓުން ހުއްޓުވާފައިވަނީ ދުބާއީގައި އޮތް ޝޯއަކަށް ފުރަން ގޮސް ހުއްޓައެވެ.

ނަމަވެސް އެއާޕޯޓުން ހުއްޓުވާ، ޖެކްލީން ވަނީ ތަހުގީގަށް ބޭނުންވާ ބައެއް ސުވާލުތައް ކުރުމަށް ދިއްލީއަށް ގެންގޮސްފައި ކަމަށް ވެއެވެ. އަދި އޭނާއަށް ފުރުން މަނާކޮށްފައި ވާކަމަށް ވެސް ވެއެވެ.

ޖެކްލީން ހުއްޓުވާފައިމިވަނީ މަނީ ލޯންޑަ ކުރިކަމުގެ ތުހުމަތުކޮށް އޭނާގެ މައްޗަށް ތަހުގީގުތަކެެއް ކުރެވެމުންދާ ދަނޑިވަޅެެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމައްސަލާގައި ފުލުހުން ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހާގެ ފަރާތުން ޖެކްލީންއަށް ވަނީ 10 ކަރޯޑް އަށް ވާވަރުގެ ހަނދިޔާ ލިބިފަައެވެ.

އޭގެތެރޭގައި 52 ލައްކަ އާއި ނުވަ ލައްކައިގެ ޕާސިއަން ބުޅަލެއް ވެސް ހިމެނެއެވެ. އަދި ދެ މީހުންގެ މެދުގައި ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާކަމުގެ ހެކި އެބަހުރިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

200 ކަރޯޑް ރުޕީސް ލޯންޑާ ކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގައި މަޝްހޫރު ނެށުންތެރިއާ ނޯރާ އާ ވެސް ވަނީ ސުވާލުކޮށްފައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް