ads
ކެޓްރީނާ އަދި ވިކީ މެހެދީ ސަރްމަނީއަށް ދަނިކޮށް ނަގާފައި ކަމަށް ބުނެ ދައުރުވާ ފޮޓޯއެއް-----
ކެޓްރީނާގެ ކައިވެނި ހަފްލާ: ޑްރޯން އެއް މަތިން ފެނުނަސް ބަނޑިޖަހާ ވައްޓާލާނެ
މިދުވަސްކޮޅު އިންޑިއާގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ވިކީ ކައުޝަލް އަދި ކެޓްރީނާގެ ކައިވެނީގެ ވާހަކަ އެވެ. މިހަބަރުތަކަކީ ދޮގެެއްކަމެއް ތެދެއްކަމެއް ނޭނގޭ ވަރަށް މި އަޑުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި މި ކައިވެންޏަކީ އެދެމީހުން އެކި އެކި ސަބަބުތަކާއިއެކު ވަރަށް ސިއްރިޔާތުގައި ކުރަން އުޅޭ ކައިވެންޏެކެވެ. ކެޓްރީނާ އާއި ވިކީގެ ކައިވެންޏަކީ ހަމައެކަނިި އާއިލާ މީހުންނާއި ގާތް އެކުވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ ހަފްލާއެއް ކަމަށް ވެއެވެ. 

އެ ކައިވެނީގެ ފޮޓޯ އަދި ވީޑިއޯ ނެގުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެ ހަފްލާއަށް އަންނަ އެއްވެސް މީހަކަށް ފޯނުވެސް އެތެރެއަށް ނުވެެއްދޭއިރު މިހާރު ރިޕޯޓުތައް ބުނާގޮތުން ކައިވެނީގެ ކަންތައް ކުރިއަށްދާ ވަގުތު އެ ސަރަހައްދު މަތިން ޑްރޯންއެއް އޮޕަރޭޓްކޮށްފި ނަމަ ވެސް ބަޑިޖަހައި ވައްޓާލާނެއެވެ.

އަދި އޭގެ އިތުރުން ހަފްލާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި އެ ހަފްލާގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ބޮލީވުޑް ސުޕާ ސްޓާ ސަލްމާން ހާންގެ ބޮޑީގާޑް ޝޭރާ ވެސް ހުންނާނެ އެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ "ޕިންކް ވިލާ" އިން ރިޕޯޓްކުރާ ގޮތުގައި ރާޖަސްތާންގައި މި ހަފްތާތެރޭގައި އޮންނާނެ ކަމަށް ބެލެވޭ އެ ހަފްލާއަށް އިތުރަށް ބޭނުންވާ ސެކިއުރިޓީ ފޯރުކޮށްދޭނީ ސަލްމާން ހާންގެ ބޮޑީގާޑް ގުރްމީތު ސިންގް (ޝޭރާ) އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް އިންޓަނޭޝަނަލް މެގެޒިންއެއްގެ އިންޑިއާ އެޑިޝަނަށް ވިއްކަން ނިންމާފައި ވުމުންނެވެ.  

ރާޖަސްތާންގެ ސަވައި މަދަޕުރްގައި 38 އަހަރުގެ ކެޓްރީނާ އާއި 33 އަހަރުގެ ވިކީ ކައުޝަލްގެ ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނަނީ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ކައިވެނީގެ ހަރަކާތްތައް ތިން ދުވަސް ވަންދެން ކުރިއަށް ދާނެ އެވެ. 

ކެޓްރީނާ އަދި ވިކީގެ ކައިވެންޏަކީ ބޮލީވުޑް ތަރިއަކު ފަހުގެ ތާރީހެއްްގައި އެންމެ ސެކިއުރިޓީ ވަރުގަދަކޮށް ބާއްވާ އެއް ކައިވެންޏެވެ. 

މި ކައިވެންޏާއި ބެހޭގޮތުން ހުރިހާ ޑީޓެއިލްސް އެއް މިހާރު ގާތްގަނޑަކަށް އެކި ހަބަރުތަކުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް ވިކީ ވެސް ކެޓްރީނާވެސް މިކަމުގައި މިހާތަނަށް ރަސްމީީކޮށް އެއްޗެއް ނުބުނެއެވެ. 

ނަމަވެސް މިފަހަކުން ވަނީ ކެޓްރީނާގެ ގެއަށް ވިކީ އާއި ވިކީގެ އާއިލާގެ މީހުން ވަންނަ ފޮޓޯތަކަކާއި، ކެޓްރީނާ މޭކަޕް އާޓިސްޓު އަދި ޑިޒެއިނަރު ވަންނަ ފޮޓޯތަކެއްވެސް މީޑިއާތަކުގައި ދައުރުވެފައެވެ. 

20%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް