ads
ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ؛ ފޮޓޯ: ވަގުތު އިމޭޖަސް
ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
އަނެއްކާވެސް ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު 6،269 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެއީ 2020 ވަނަ އަހަރު ޖުލައި މަހު ބޯޑަރުތައް އަލުން ހުޅުވި ފަހުން މިހާ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ފަހަރުކަމަަށެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު ހަތަރު ވަނަ ދުވަހާއި ހަމަޔަށް 1،177،905 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. 

ޑިސެމްބަރު މަހު މިހާތަނަށް 26,519 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. 

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން ރާއްޖެއިން އަންނަ ފަތުރުވެރިންގެ 22.5 އިންސައްތަ ހިއްސާކުރަނީ އިންޑިއާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް