ads
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން މީޓިން ކުރިއަށްގެންދަން ބައެއް ކުންފުނިތަކުން "ޒޫމް" ބޭނުންކުރޭ--
ވީޑިއޯ ކޯލެއްގައި 900 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
އެމެރިކާގެ ކުންފުންޏެއްގެ ސީއީއޯ ޒޫމް ކޯލެއްގައި 900 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެމެރިކާގެ މޯގޭޖު ކުންފުންޏެއް ކަމަށްވާ "ބެޓާ ޑޮޓް ކޮމް"ގެ ސީއީއޯ އަށް ވަނީ ކުންފުނީ 900 މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން ޒޫމް ކޯލެއްގައި ބުނެފައެވެ. އެ ކުންފުނީގެ މުވައްޒަފުން ވަކިކުރި ވަގުތާއި ވަކިކުރިކަން އެންގި ގޮތުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. 

900 މުވައްޒަފުން ބައިވެރިވި މީޓިންގައި ބެޓާ ޑޮޓް ކޮމްގެ ސީއީއޯ ވިޝާލް ގަރްގް ބުނީ އޭނާ އެމީހުންނާއި ބައްދަލު އެ ކުރަނީ އެ ރަނގަޅު ހަބަރަކާއެކު ނޫންކަމަށެވެ. 

"މި ކޯލްގައި މިހާރު ތިބިއްޔާމުން، ތިއީ ކުންފުނިން ވަކިކުރާ ބަދުނަސީބު މީހުންގެ ތެރެއިން ބައެއް. ވަގުތުން އަމަލުކުރަން ފަށާގޮތަށް ތި އެންމެވެސް ވަނީ ވަޒީފާއިން ވަކިކުރެވިފައި." އިތުރަށް ގަރްގް ބުނީ އެހެން ކަންތައް ވާން މެދުވެރިވީ މާކެޓަށް އައި ބަދަލުތަކުގެ ސަބަބުންނާއި "އެފިޝިއެންސީ" އަދި "ޕްރޮޑަކްޓިވިޓީ"ގެ ސަބަބުން ކަމަށެވެ.

your image"ބެޓާ ޑޮޓް ކޮމް"ގެ ސީއީއޯ ވިޝާލް ގަރްގް ޒޫމް ކޯލްގައި ވާޙަކަދައްކަނީ-- 

"މާކެޓް ބަދަލުވެއްޖެ... އަހަރުމެން ކުރިއަށްދާން ޖެހޭ ސަލާމަތްވާން ބޭނުން ނަމަ، މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. އެހެންކަމުން އަހަރެން ބޭނުންވީ ތި އެންމެން ކައިރީގަވެސް އަހަރެން އެ ވާހަކަ ބުނަން" ގަރްގް 900 މުވައްޒަފުން ތިބި މީޓިންގައި ބުނެއެވެ.

އެއީ އުދަގޫ ނިންމުމެއް ކަން ފާހަގަކޮށް ގަރްގް އިތުރަށް ބުނީ މިއީ އެ ފަދަ ނިންމުމެއް އޭނާ ނިންމި ދެ ވަނަ ފަހަރުކަމަށެވެ. ފުރަތަމަ ފަހަރު އެހާ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކުރަން ޖެހުމުން އޭނާއަށް ރޮވުނު ކަމަށް ގަރްގް ބުނެއެވެ. ނަމަވެސް މިފަހަރު އެހެން ނުވާތީ ބަލާނެކަމަށް އޭނާ ބުނެއެވެ. 

މާކެޓަށް އައި ބަދަލުތަކާއެކު އެ ކުންފުނީގެ ނުވަ އިންސައްތަ މުވައްޒަފުން ވަކިކޮށްފައިވާއިރު ނިމިދިޔަ ހަފްތާތެރޭ އިންވެސްޓަރުން އަތުން 564 މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ލިބިފައިވެއެވެ. އަދި އެ ކުންފުނީގެ އަގު މިހާރު ވަނީ ހަތް ބިލިއަން ޑޮލަރަށް އަރާފައެވެ. އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުންޏަކީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ގެދޮރު ހޯދުން ހަލުވިކޮށް އަދި ރަނގަޅު ގެދޮރު ހޯދައިދޭ ކުންފުންޏެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް